ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންހެލުމުގައި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް: މެޓްއޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން ކައިރިއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރުއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ހޮންޝޫ އައިލެންޑް ސަރަހައްދަށެވެ. މިއީ އުތުރު ޕެސިފިކް ކަނޑާއި ޖަޕާން ކަނޑާއި ދެމެދުގައި އޮންނަ ސަރަހައްދެކެވެ. ރެކޯޑް ކުރެވިފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މާލެއާއި 7،955 ކިލޯމީޓަރު ދުރަށެވެ.

މި ބިންހެލުމުގެ ބާރުމިނާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ މިއީ 7.5 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް ކަމަށެވެ. ނަމަވެސް ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ބިންހެލުމުގެ ސީދާ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

ބިންހެލުންތައް މޮނިޓާ ކުރަމުން އަންނަ އިންޑިއާގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީއިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި ބިންހެލުމުގެ މަރުކަޒު ހުރީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ 684 ކިލޯމީޓަރު ދުރުގައެވެ. އެ އިދާރާއިން މި ބިންހެލުމުގެ ބާރުމިން ރެކޯޑްކޮށްފައިވަނީ 7.4 މެގްނިޓިއުޑްގައެވެ.

ޖަޕާނަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވީ ނަމަވެސް، މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް މީގެ އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމީ އިދާރާތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: