ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ އިންސާފުގެ ބިލް އަވަހަށް ފާސް ކުރަން ޖެހޭ: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރައްޔިތުންގެ މަޖިލީޙަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލް އަވަހަށް ފާސްވުމަކީ އަނިޔާ ތަހަންމަލް ކޮށްފައިވާ ގިނަ ބައެއްގެ މިހާރުގެ އުންމީދު ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރިތާ އަށް އަހަރު މިއަދަށް ފުރިގެންދިޔަރު އެޓާނީ ޖެނެރަލް ރިފްއަތު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން، ނުވަތަ އެތަމުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި، އަސާސީ މިނިވަން ކަމަށް އަރައިގެނެފައިވާ މައްސަލަތައް ބަލައި، ތަހުގީގުކޮށް، ތެދުހާމަކޮށް، އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވައި، ޖަވާންދާރީ ކުރުވަނިވި ދައުލަތެއް، ބިނާކުރުމަށްޓަކައި، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިހާލީ އިންސާފުގެ ބިލް ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހަންމަލް ކޮށްފައިވާ ގޮނަ ބަޔަކަށް އިންސާފް އަވަހަށް ލިބުމަކީ މިއަދުގެ އުންމީދު ކަމަށެވެ. 

ރައްހޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ިބިލުގައިވާ ގޮތުން އެއީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފަރާތުން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ހިލާފަށް ކަމެއް ހިނގާފައިވޭތޯ ބަލާ ތަހުގީގު ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެކެވެ.

އެގޮތުން އެ ބިލު މަޖިލީހުން ފާސްކޮށް، އަމަލު ކުރަން ފެށުމާއެކު އިންތިގާލީ ކޮމިޝަންގެ ނަމުގައި ފަސް މެންބަރުންގެ މައްޗައް އެކުލެވޭ ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހެ އެވެ. އެ ކޮމިޝަންގެ މައްސޫލިއްޔަތުގެ ތެރޭގައި ކޮމިޝަންގެ އިހްތިސާސުގައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި އެފަދަ މައްސަލަތައް ހުށަހެޅުމަށް އާންމުކޮށް އިއުލާން ކުރަން ޖެހެ އެވެ. އަދި ދެ މަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު ލިބޭ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ތަހުގީގެއް ކުރަން ޖެހެ އެވެ.

އޭގެ އިތުރުން ނިޒާމީ ސިފައެއްގައި ރޭވިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާާފު އަމަލުތަކުގެ ތެރެއިން މި ގާނޫނު އެ މައްޗައް ހިނގާ އަމަލުތަކުގެ ސަބަބުން އަސަރުކޮށް ހިތާމަ ކުރަމުންދާ އާއިލާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެހީތެރިވާން އެ ކޮމިޝަނުން ޖެހެ އެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށާއި ހެކިބަސް ނެގުމުގެ ބޭނުމުގައި ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށް އާންމު ތަންތަން ބަލާ ފާސްކޮށް އެފަދަ ތަކެއްޗާއި ތަންތަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކޯޓު އަމުރަށް ވެސް އެދުން ހިމެނެ އެވެ. އަދި އަދި ޕާސްޕޯޓު ހިފެހެއްޓުމަށާއި މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރަށް އެދުމުގެ ބާރުވެސް އެ ކޮމިޝަނަށް ލިބެ އެވެ. އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިފައިވާ ހުރިހާ ބާރެއް އެ ކޮމިޝަނަށް ވެސް ލިބޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: