ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އެފްޑީސީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ހިލޭ 5ޖީ ޓާބޯ ރައުޓަރ ލިބޭ ޕްރޮމޯޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ތަރައްގީކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓަރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފިއެވެ. މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ އާއިލާތަކަށް ލުއިފަސޭހަކަމާއެކު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮމޯޝަންގެ ދަށުން، 749 ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓަރ މުޅިން ހިލޭ ލިބިގެންދާނެއެވެ. ދިރާގުން ބުނި ގޮތުގައި މިއީ އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ.

ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ހިދުމަތެކެވެ. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފުރިހަމަ ފައިދާ ވަގުތުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތަށް އެދި ހުށަހެޅޭނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެފް.ޑީ.ސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ. އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެމުންދާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މަގްސަދަކީ މުޖުތަމައުތައް ޑިޖިޓަލްކޮށް ބާރުވެރިކުރުވުމާއި، ޒަމާނީ ކަނެކްޓިވިޓީގެ ލުއިފަސޭހަކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި ޕްރޮމޯޝަނަކީވެސް އެ އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: