ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓުން އައްޔަނު ކުރުމުގައި ތައުލީމީ ފެންވަރަށް ކުރިއަށް އޮތްތަނުގައި ބަލާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ| ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް ކުރިއަށް އޮތް ތަނުގައި ބޭފުޅުން އައްޔަންކުރެއްވުމުގައި، އެ ބޭފުޅުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ހަރުކަށި މިންގަނޑުތަކެއް ގެންގުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ސިޔާސީ މުވައްޒަފުން ނެގުން އިތުރުވެފައިވުމާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ނިންމައި ކުރި އިއުލާނާއި ގުޅޭގޮތުން ވެސް ވަނީ ސުވާލުކޮށްފަ އެވެ.

މިއަދުގެ ޕްރެސްގައި ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ މުހިންމު ނިންމުންތައް ނިންމުމުގައާއި ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ މުވައްޒަފުންނަކީ އެ ދާއިރާއަކުން ގާބިލު، ތައުލީމީ ބޭފުޅުންނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން، މީގެ ފަހުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރާ ނަމަ، އެ ބޭފުޅަކީ މަދުވެގެން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ބޭފުޅަކަށް ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަނު ކުރާނީ އެ ބޭފުޅަކު މަސައްކަތްކުރައްވާ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅަކަށް ވާންޖެހޭނެކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުގެ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާއިރު މެރިޓް ނުވަތަ ގާބިލުކަމަށް އިސްކަންދިނުން. މިއީ ރަފް މިންގަނޑެއްގެ ގޮތުގައި އަޅުގަނޑު ކަނޑައަޅާފައިވާ ކަމެއް. ސްޓޭޓް މިނިސްޓަރުންގެ ކިބައިގައި މާސްޓާސް ޑިގްރީއެއް، އަދި ޑެޕިއުޓީ މިނިސްޓަރުންގެ ކިބައިގައި ޑިގްރީއެއް އޮތްތޯ އަޅުގަނޑު ކަށަވަރު ކުރާނަން

ީމީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުންފުނިތަކުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގައި ބަލާނީ ވަކި ޓާގެޓަކަށް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މުވައްޒަފުންގެ މަސައްކަތުގެ ޕާފޯމަންސާއި، ގަޑިއަށް ހާޒިރުވޭތޯ ނުވަތަ ނޫންތޯއާއި، މަސައްކަތަށް ފަރުވާތެރި މުވައްޒަފުންނަށް ބަލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގާތްގަނޑަކަށް 33 އިންސައްތަ މުވައްޒަފުން މަދުކުރެވިދާނެކަމަށް ލަފާކުރެވެއެވެ. މިސާލެއްގެ ގޮތުން ފެނަކަ ފަދަ ކުންފުނިތަކަކީ ކުރީ ސަރުކާރުން ނާޖާއިޒު ގޮތުގައި ވަރަށް ގިނަ މުވައްޒަފުން ސިޔާސީ ބޭނުމެއްގައި ނަގާފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި، އެކަން ވެސް ހައްލު ކުރަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކަށް މީގެފަހުން މުވައްޒަފުން ނަގާނީ ހުޅުވާލެވިފައިވާ އިއުލާނެއްގެ ދަށުން ކަމަށެވެ. އަދި ސިޔާސީ ނުފޫޒެއްގެ ތެރެއިން، މީހެއް މެދުވެރިކޮށް ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު އޮތް ނަމަވެސް، އެކަން ވެސް ކުރައްވާނީ ގައުމީ މަސްލަހަތަށާއި، މަސައްކަތުގެ ބޭނުންތެރިކަމަށް ބެއްލެވުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ ”ރައްޔިތުންގެ ވިންދާ އެއްގޮތަށް“ އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަވާ އިސްލާހީ ބަދަލުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: