ފަތުރުވެރިންނަށް އަމާޒްކޮށްގެން ހަމަލާ ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ހަރާމް ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ތިން ބިދޭސީއަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާފައި ވަނިކޮށް ޑޜ ޝަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފަތުރުވެރިންނަށް އަމާޒްކޮށްގެން ހަމަލާ ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ހަރާމް ކަމެއް ކަމަށާއި އެފަދަ ނުބައި އަމަލު ކުރުމުން މުސްލިމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ ރަހުމަތުގެ ދީން ކަމަށާއި، އިންސާނީ ކަރާމަތު ދަމަހައްޓައި ހުރިހައި ދީނެއްގެ އަހުލުވެރިންނަށް ރައްކާތެރިކަން ދިނުމަކީ އިސްލާމްދީން ބާރުއަޅާ ގޮތް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1225696577580191744
މީގެއިތުރުން ޑރ ޝަހީމް ވިދާޅުވީ ފަތުރުވެރިންނަށް އަމާޒްކޮށްގެން ދިން ހަމަލާއަށް ފަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ އަސްލުތަކާއި ހިލާފްވާހަކަތަކެއް ކަމަށެވެ. އަދި ގުރުއާނުގެ އާޔަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އިންސާނުންގެ ފުރާނައަށް ނުރައްކާ ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވެސް ޑޜ ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1225698195176448000
މީގެއިތުރުން ޑރ ޝަހީމް ވިދާޅުވީ ގައުމަށް އަންނަ ފަތުރުވެރިންނަށް ހެޔޮކޮށް ހިތުމާއި، އެ މީހުންގެ އަބުރާއި ފުރާނައާއި މުދަލަށް ރައްކާތެރިވުމާއި، އަމާނާތްތެތރިވުމަކީ މުސްލިމުންގެ ކިނޑުގައި އެޅިފައިވާ ދީނީ މަތިވެރި މަސްއޫލީއްޔަތެއް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި އެއީ މުސްލިމުްގެ ކޮނޑުގައި އެޅިފައިވާ އަމާނާތެއް ކަމަށާއި އެކަން ދަމަހައްޓަން ޖެހޭނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1225699581293293570
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލަ ޓެރަރިސްޓް ޖަމާއަތަކުން ޒިންމާ އުފުލާ އާންމު ކުރި ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ މަންޒަރެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ސުވަރުގެ ކަމަށް ދައްކާ ދެއްކުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ވީޑިއޯ ނިންމާލަމުން އެމީހުން ބުނެފައި ވަނީ ފަތުރުވެރިންނަށް މިފަދަ އެތައް ހަމަލާއެއް އަދިވެސް ދޭނެ ކަމަށެވެ.

