ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ދެ އޮޕަރޭޝަންއެއްގައި ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު، ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ބޮޑު ދެ އޮޕަރޭޝަންގައި ނުވަ ކިލޯ މަސްތުވާތަކެއްޗާއި، އެކު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ! - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއް ހޯދައި، ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ދިވެހި ފައިސާ އާއި ޑޮލަރު ހިމެނޭހެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކާއި، އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ މައުލޫމާތު ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި، ފައިސާ އަތުލައިގަނެފައިވަނީ ކޯޓު އަމުރެއް މެދުވެރިކޮށް މާލޭގެ ހަތަރު ގެއަކާއި ސައިކަލެއް ބަލާ ފާސްކޮށްގެންނެވެ. އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އަތުލައިގަތް ޑްރަގް ނެޓްވޯކްގެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ އުމުރު ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ. އެތަކެއްޗާ އެކު 23 އަހަރާއި 37 އަހަރާ ދެމެދުގެ ހަތް ފިރިހެނުންނާއި 50 އަަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ މި ދެ އޮޕަރޭޝަންގައި 9 ކިލޯ އަށް ވުރެ ގިނަ މަސްތުވާތެކެތި އަތުލައިގަނެވުނު ކަމަށެވެ.

މީގެ އިތުރަށް، 1522785ރ. (އެއްމިލިއަން ފަސް ލައްކަ ބާވީސް ހާސް ހަތްސަތޭކަ އައްޑިހަ ފަސް) ރުފިޔާ ފެނިފައިވާ ކަމަށެވެ. މީގެ އިތުރަށް 173831 (އެއް ލައްކަ ހަތްދިހަ ތިންހާސް، އައްސަތޭކަ އެއްތިރީސް( ޑޮލަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެެހެން ކަމުން، މި ފައިސާގެ ޖުމްލަ އަދަދު 4208473.95 (ހަތަރު މިލިއަން ދެ ލައްކަ އަށް ހާސް ހަތަރެސްތޭކަ ހަތްދިހަ ތިން) ރުފިޔާ އަށް އަރާނެއެވެ. 

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ”ޚިދުމަތް“ ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންއެއް ވެސް ކުރިޔަށް ގެންދިޔައެވެ.

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ މިއި ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަމަށެވެ. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: