ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ ކޮންފަރެންސް، ”އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026“ އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ”މެކްރޯ އިކޮނޮމިކް އެންޑް ފައިނޭންޝަލް ސްޓެބިލިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަމިޑް ސްޓްރަކްޗަރަލް އެންޑް ގްލޯބަލް ޓްރާންސިޝަންސް“ މި ޝިއާރުގެ ދަށުންނެވެ.

މި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މިހާރުގެ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން އާ ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާއީ މާހިރުން އަދި އެކަޑަމިކް ދާއިރާގެ ބޭފުޅުންގެ މެދުގައި ބަހުސްތައް ކުރިއަށް ގެންދިއުމާއި، ރާއްޖެއާ ގުޅުންހުރި ދިރާސާތައް ކުރުމަށް އެހީތެރިވެދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު މަގުސަދެކެވެ.

މިއަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކުގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ. މިއީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަށާއި، އިތުބާރު ހުރި އަދި ކުރިއަށްދާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެކެވެ.

ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންކްލޫޝަން، ޑިޖިޓަލް ފައިނޭންސް، ކްލައިމެޓް ރިސްކް، ފިސްކަލް ސަސްޓެއިނަބިލިޓީ އަދި ހެލްތު އިކޮނޮމިކްސް ފަދަ ދާއިރާތައް ހިމެނެއެވެ. މި ފުރުސަތު ވަނީ ދިރާސާވެރިންނަށާއި، މަރުކަޒީ ބޭންކުތަކުގެ މުވައްޒަފުންނަށާއި، ބައިނަލްއަގުވާމީ މުއައްސަސާތަކުގެ މާހިރުންގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށްވެސް ހުޅުވާލާފައެވެ.

ކަރުދާސްތަކުގެ އެބްސްޓްރެކްޓް ހުށަހަޅަންޖެހެނީ އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓުގައެވެ. އެބްސްޓްރެކްޓްގެ ދިގުމިނުގައި ހުންނަންވާނީ 150 އާއި 250 ބަހާ ދެމެދުގެ މިންވަރެކެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 މެއި 2026 އެވެ. ހޮވޭ އެބްސްޓްރެކްޓްތަކުގެ މައުލޫމާތު 3 ޖޫން 2026 ގައި އަންގާނެ ކަމަށާއި، ފުރިހަމަ ކަރުދާސް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 3 ސެޕްޓެމްބަރު 2026 ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: