ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަދު ގަންނަން ޖެހޭ: ރިވެތި އަހުލާގާއި، ރިވެތި ގޮތް ދަސް ކުރަންވީ ފުރަތަަމަ ބޮޑެތި މީހުން!

ބަޔަކު ކުޑަ ދެ ކުއްޖެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ކުރުން - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ އަދި މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް ފުލުހުން އެދެފި އެވެ.

ޅަ އުމުރު ފުރައިގެ ދެ ކުއްޖެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު ވަނީ ލީކުކޮށްލާފައެވެ. އެ ވީޑިއޯއިން ފެންނަނީ ގޭގެ ބެލްކަނީ ގައި އިށީނދެ ތިބެ ދެ ކުއްޖަކު ނުރަނގަޅު އަމަލެއް ހިންގާތަނެވެ. އެ ދެކުދިން ގޯސް އަމަލެއް ހިންގިތަނުގެ ވީޑިއޯ ނަގާފައިވަނީ އެ ބެލްކަންޏާއި ކުރިމަތީ ހުރި ގެއިންނެވެ.

މި ވީޑިއޯ އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ކާކުކަމެއް ނޭގުނު ނަމަވެސް، ވީޑިއޯއާއި އެކު ބައެއް މީހުން ވަނީ އެ ވީޑިއޯ ޑައުންލޯޑުކޮށް ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. ބައެއް އާއްމުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފެށުމުން ވީޑިއޯ ވައިރަލް ކުރި ބައެއް ފޭސްބުކް ޕޭޖުތަކުން މިހާރު ވަނީ އެ ވީޑިއޯ ނަގާފައެވެ. އެހެން ނަމަވެސް، އަދި ވެސް އެ ވީޑިއޯ ބައެއް މީހުން ދަނީ ދައުރު ކުރަމުންނެވެ.

https://twitter.com/AhmedMahloof/status/1226095171034468353

ނުރަނގަޅު އަމަލެއް ހިނގާތަން ނުވަތަ، އަނެކޭ ފަޟީހަތް ވާ ފަދަ ވީޑިއޯތައް ނުވަތަ ފޮޓޯތައް އާއްމު ކުރުމަކީ ދިވެހި މުޖްތަމައުގައި އާއްމު ކަމެކެވެ. އެގޮތުން، ޅަ އުމުރު ނުވަތަ ޒުވާން އަންހެނުން ކުދިންގެ ފޮޓޯތައް ބުލީކޮށް ސޯޝަލް މީޑިއާގައި ދައުރުކުރެއެވެ. އަދި މިފަދަ އަމަަލުތަކާއި ދެކޮޅަށް އަޑުއުފުލާ މީހުންވެސް ގިނަކަން ފާހަގަކުރެވެއެވެ.

މިއަދުގެ މެންދުރު އާއްމުވެގެން ދިޔަ މި ވީޑިއޯ ލީކު ކުރި ބަޔަކު ހޯދާ ޖިނާއީ ތަހުގީގެއް ހިންގުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފައެވެ. ކުޑަކުދިން ނުރަނގަޅު އަމަލެއް ހިންގާއިރުއިރު ނުވަތަ ގޯސްކަމެއް ކުރުމުން ބޮޑު މީހުންގެ ޒިންމާއަކީ އެ ކުއްޖާއަށް އެއީ ކުށެއްކަން ބުނެދިނުމެވެ. އެ ކުއްޖާ ފަޟީހަތް ކުރުމެއް ނޫނެވެ. ނުވަތަ އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާވެސް ގޯސް ކުރުމެއް ނޫނެވެ.

ސޯޝަލް މީޑިއާއަކީ، މީހުން ދަށްކުރުމާއި ބުލީ ކުރުމަށް ބޭނުން ކުރާ ޒަރިއްޔާއަކަށް ވެފައިވާއިރު މިއީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެވެ. ތިމާގެ ގާތް ރައްޓެއްސެއް، ނުވަތަ ދަރިއެއްގެ ވީޑިއޯއެއް ދައުރުވާކަށް އެއްވެސް ބައެއް ބޭނުމެއް ނުވާނެއެވެ. އަދި ދަރިފުޅަށް ދެމުންގެންދާ ތަރުބިއްޔަތުގެ މައްޗަށް ސުވާލު އުފެއްދުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

https://twitter.com/Muallimsays/status/1226080614388043776

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ޖެހެނީ ކުދިންގެ ބެެލެނިވެރިންގެ ސަމާލުކަމަށް ގެނައުމަށެވެ. ނުވަތަ ކަމާއި ބެހޭ އިތުރު އިދާރާއަކަށް ހުށަހެޅުމެެވެ. އަދި އެކަމާއި ގުޅޭ ވާހަކަތައް އެހެން މީހުން ކައިރީ ދައްކާ ވާހަކަ ބޮޑު ނުކުރުމަށެވެ.

ސޯޝަލް މީޑިއާގައި ދޭތެރެއަކުން ކުޑަކުދިންގެ ވީޑިއޯތައް އާއްމުވާއިރު، އޭގެ ތެރޭގައި ބޭއަދަބީ ބަހުން ކުޑަކުދިންނާއި ވާހަކަ ދެއްކުމަށްފަހު ވެސް ބައެއް މީހުން އެ ވީޑިއޯ ދައުރު ކުރެއެވެ. މަޖަލެއްގެ ތެރެއިން ކުރާ މިފަދަ ކަންތަކުގެ ސަބަބުން، ހަލާކުވެގެން ދަނީ ކުޑަ ކުއްޖެއްގެ މުސްތަގުބަލެވެ.

އާއްމު ފަރުދުން މިފަދަ ކަންކަމަށް ސަމާލުކަން ދީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވަން ޖެހެއެވެ. ކުޑަ ކުދިންނަކީ، އަބަދުވެސް ބޮޑެތި މީހުން ކުރާ ކަންކަން ކޮޕީ ކުރާ ބައެކެވެ. އެއީ ކޮންކަމެއް، އަދި ގޯހެއްކަމެއްވެސް އެ ކުދިންނަކަށް ނޭނގެއެވެ. ކާޓޫންތަކާއި، ޔޫޓިއުބް ލިންކުތައް ނުވަތަ ގޭތެރޭ އުޅުމުގެ ތެރެއިން ފެންނަ މަންޒަރުތައް ކުޑަކުއްޖާ ވަރަށް އަވަހަށް ސިކުނޑިއަށް ނަގާ، ސިކުނޑީގައި އެ ކުރަހާލައެެވެ. އަދި އެކަނި ހުންނަ ވަގުތުތަކުގައި އެކަންކަން ކުރެއެވެ.

މިފަދަ މައްސަލަތަކީ، މިިއީ މައިންބަފައިންގެ ތަރުބިއްޔަތުގެ މައްޗަށް ސުވާލު އުފައްދަން ވީ ކަންތަކެއް ނޫންކަންވެސް އާއްމުން ހަނދާން ބަހައްޓަން ޖެހެއެވެ. ކުއްޖާގެ މަންމަ އާއި ބައްޕަ ކުއްޖާ ބަލާ ބޮޑު ކުރާނީ ނުލާހިކު ލޯބި ދީގެންނެވެ. އެ ކުއްޖާއަށް ހެވޭ ނުބައިވެސް ދަސްކޮށްދީގެންނެވެ. އެހެން ނަމަވެސް، މިފަދަ ކަންކަމަކީ ބައެއް ފަހަރަށް ބެލެނިވެރިއާއަށް ނޭނގި ހުރިކަމަކަށް ވެދާނެއެވެ. ކުއްޖާގެ މައްޗަށް ހަރުކަށިކަން އިސްކުރުމުގެ ބަދަލުގައި ލޯބިން ވިސްނައިދޭންވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: