ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު މީކާއީލަށް: ތިހެދީ ދޮގެއް! އެތެރޭގެ އިންތިހާބްގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދެއް ނުކުރަން!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް: ފޮޓޯ މީކާއީލް އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެނޑިޑޭޓް އަދި ގޮލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ޝާހިދު މިއަދު ދޮގުކުރައްވައިފިއެވެ.

ވަކި ކެނޑިޑޭޓަކަށް ތާއީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެތެރޭގެ އިންތިޚާބުތަކުގައި ވަކި ކޮޅެއް ނެގުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.

މީކާއީލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އަންގާރަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ތާއިދު އޭނާއަށް އޮތްތޯ ނޫސްވެރިއަކު ނސުވާލު ކުރުމުން ވިދާޅުވީ ޕާޓީގެ ރައީސް ޝީހިދު ވެސް ތާއިދު ކުރައްވަނީ އޭނާއަށް ކަމަށެވެ. އަދި ޕާޓީގެ އެޑުވަޒައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވެސް ތާއިދު އޮތީ އޭނާއަށް ކަމަސް މީކާއީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ތައާރަފްކޮށް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށެވެ. އަދި މި އިންތިޚާބުގައި އެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕާޓީން ކުރާ މަސައްކަތުގެ މުހިންމު ފެށުމެކެވެ. އިންތިޚާބުގެ އިންސާފުވެރިކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

”ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ޤަބޫލުކުރާ އުޞޫލެއް ނޫން،“ ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީއެއްކަން ފާހަގަކުރައްވައި، ޝާހިދު ވަނީ ވީހާވެސް ގިނަ މެމްބަރުން އިންތިޚާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. މި ބަޔާނާއެކު، އިންތިޚާބުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި ވަކި ކެނޑިޑޭޓަކަށް ޝާހިދުގެ ތާއީދު އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ނިމުން އައިސްފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން އެ މަގާމަށް ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާން ކޮށްފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 43%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: