ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖު ކިއު ދިގުވެފައިއޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޝަހީމް

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖު ކިއު ދިގުވެފައިއޮތް މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި އެއީ އިސްލާމީ ހުރިހާ ޤައުމަކަށް ވިމާވެފައިވާ މައްސަލައެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން، ޙައްޖާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ހައްޖު ކިއޫ ދިގުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، ކޮވިޑުގެ ދުވަސްވަރު އުފެދުނު ބެކްލޮގާއެކު މިހާރު ޙައްޖަށް ދާން ތިބި މީހުންގެ ލިސްޓު އިތުރަށް ބޮޑުވެފައިވާ ކަމަށެވެ. ވަރަށް ގިނަ ބެލެނިވެރިންނާއި އޮފީސްތަކުންވެސް ވަކި މިންވަރެއް ދައްކާގޮތަށް ޙައްޖަށް ދިއުމަށް ކިއޫގައި ޖައްސަމުންދާ ކަމަށާއި، އެކަމުގެ ސަބަބުންވެސް ކިއު ދިގުވާކަމަށް ދައްކާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވަކި މިންވަރެއް ދެއްކުމަށްފަހު ކިއޫގައި ޖެހިގެން ތިބުން ބުއްދިވެރި ކަމަށާއި، ސައުދީން ކޯޓާ އިތުރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. ”ވަކި މިންވަރެއް ދެއްކުމަށްފަހު ކިއޫގައި ޖެހިގެން ތިބުން ބުއްދިވެރި ، ސައުދީން ކޯޓާ އިތުރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް، އުމުރުން ދުވަސްވީ މީހުން ޙައްޖަށް ދާން ބޭނުންވެގެން ކޮވިޑުގެ ކުރިން ނަން ނޯޓުކޮށްފައި ތިބި، އެމީހުން ޙައްޖަށް ފޮނުވުމަށް ސަރުކާރުން ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަމުންއެބަދޭ“ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި އާއްމުކޮށް ކޮންމެ އަހަރަކުވެސް ހާހެއްހާ މީހުން ޙައްޖަށްދާން އެދޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޮވިޑުގެ ދުވަސްވަރު ގާތްގަނޑަކަށް ތިންހާހެއްހާ މީހުންނަށް ޙައްޖަށް ނުދެވުނުކަމަށާއި، އެ ކާރިސާއާ ގުޅިގެން އެ ތިންހާސް މީހުން ތިބޭނީ މިހާރުވެސް ޙައްޖަށް ނުދެވިތިބި މީހުންގެ ލިސްޓުގައި ކަމަށް ވިދާޅުވިއެވެ.

ވަކި ބަޔަކަށް ޚާއްސަ އިސްކަމެއްދީގެން އިސްތިސްނާ ކުރުމަކީ ސަރުކާރުން ކުރަމުންދާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރައީސްގެ ޚާއްސަ ސިޔާސަތެއްގެ ދަށުން ފަޤީރުންނަށް ޙައްޖަށް ދިއުމަށް ފަސޭހަ ގޮތްތަކެއް ފަހި ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓްރީން ވެސް ސައުދީ ސަރުކާރާއި އެންމެ މަތީ ފެންވަރުގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، ރާއްޖެއަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެ ވަޒީރު ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: