ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްތަފާއަށް މިސަރުކާރު ފިނޑިވެ، ޔާމީންގެ ވެރިކަން ރަނގަޅުވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ވަރަށް ފިޑި ސަރުކާރެއް ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅާ ގުޅުނު 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މުސްތަފާ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރަކީ ފިނޑި ކަމުން އަރާހުރި ސަރުކާރެއް ކަމަށެވެ.

މުސްތަފާ ވިދާޅުވީ ކަމެއް ނުކޮށް ބީރުކަންފަތެއް ގައުމުގެ ހުރިހާ މައްސަލައަކަށް ދީގެން، ބޮޑުވަރިހަމަ ވެގެން ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

އެކްސްކަވޭޓަރު ހިފައިގެން ރައީސް ޔާމީން ތަންތަން ކޮންނަވަން ހުންވި މަންޒަރު ފެނުނު ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި މިހާރު ”ޅޮސް އުނދޯލި ޒައީމް“ އަކަށް ވެގެން ސަރުކާރެއް ހިންގަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަހަރެމެން ދުށިން ރައީސް ޔާމީން އެކްސްކަވޭޓަރު ހިފައިގެން ކޮންނަން ހުރި މަންޒަރު. ’ޅޮސް އުނދޯލި ޒައީމް‘ އަކަށް ވެގެން ސަރުކާރެއް ނުހިންގޭނެ. ކަމެއް ނުކޮށް، ބީރު ކަންފަތެއް ގައުމުގެ ހުރިހާ މައްސަލައަކަށް ދީގެން ބޮޑުވަރިހަމަ ހަމަވެފައި އިނަސް، އަދި ވެރިކަމެއް ނުކުރެވޭނެ. ފިނޑި ކަމުން އަރާހުރި ސަރުކާރެއް.“ މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ސަރުކާރު ހިންގެވީ އެނގިގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަކީ ބާރުގަދަ ސަރުކާރެއްކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ދެހާސް ސާދަ ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީގެ ޓިކެޓުގައި ކާމިޔާބު ކުރެއްވުމަށްފަހު މުސްތަފާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އޭރު މުސްތަފާ ވިދާޅުވީ އެގޮތަށް ކަންތައްކުރީ، އެހެންނޫންނަމަ ގޮނޑި ގެއްލުވާލާނެކަން ޔަގީންވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: