ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލްތައް އުވާނުލައި އަނބުރައި ރުޖޫއަކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހެއް!

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުއަސާސީން ތަސައްވުރުކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ހިންގުމަށްޓަކައި، އަތޮޅު ކައުންސިލްތައް އުވާނުލައި ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައަޅާފައިވާއިރު، އެ ނިޒާމުގެ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވައިލުމުގެ ސަބަބުން ޤާނޫނުއަސާސީން ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވުމެވެ.

ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނެސްފައި ވަނީ ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަށް ފެއްޓެވި މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެކަށީގެންވާ ދިރާސާއެއް ނުވަތަ ފުޅާ ދާއިރާއެއްގައި މަޝްވަރާއެއް ކުރެވިފައި ނުވާކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ ދައްކާގޮތުން 68.74 އިންސައްތަ ރައްޔިތުން އެ ބަދަލަށް އޫނޭ ބުނެފައިވުމަކީ، ސަރުކާރުން ހިންގުމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ރައްޔިތުންގެ ރުހުން ނެތްކަން ހާމަވާ ކަމެއްކަމަށް ބިލުގައިވެއެވެ. އެހެންކަމުން، އަތޮޅު ކައުންސިލްތައް އުވައިލުމަކީވެސް ރައްޔިތުން އެދޭ ގޮތް ނޫންކަމަށް ބިލުގައި ވެއެވެ.

އެހެންވެ މި އިސްލާހުގެ ދަށުން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް، އަތޮޅު ކައުންސިލްތައް އުފެއްދުމުގެ ބާރު އަލުން ކަނޑައެޅުމާއި، އަތޮޅު ކައުންސިލްގެ ރައީސުންނަކީ އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބަޔަކަށް ހެދުން އަދި އަތޮޅު ކައުންސިލްގައި ހިމެނޭނީ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ އަތޮޅެއްގައި ހިމެނޭ ރަށު ކައުންސިލްތަކުގެ ރައީސުން ކަމުގައި ކަނޑައެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: