ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 ގެ ކަފިހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ދާނީ 23 އޭޕްރިލް 2026 އިން ފެށިގެން 30 އޭޕްރިލް 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ދަންވަރު 00:00 އިން ފެށިގެން ހެނދުނު 05:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތައް ގެނެވޭނެއެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ. އެހެންކަމުން، ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރަން ޖެހޭނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓް 1 އަދި ގޭޓް 2 އަށެވެ.

ބަހުގެ ޚިދުމަތަށް އަންނަ ބަދަލުތައް

އެމްޓީސީސީގެ ބަސްތަކުން ފަސިންޖަރުން ބޭލުމާއި ނެގުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލް ޕާކިންގ ސަރަހައްދުގައި ހުންނަ ބަސް ހުއްޓިއަށެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ އިންޓާނަލް ބަސް ރޫޓް 1 (އޭޓީސީ) ގެ ދަތުރުތައް ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓަށް ނިންމާލާއިރު، ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ރޫޓް 2 ފަށާނީ ޓާމިނަލް 2 ކުރިމަތީގައި އޮންނަ ބުރު ކައިރިންނެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މި ބަދަލުތަކާ ގުޅިގެން އެއާޕޯޓުގެ ބަސް ޝެޑިއުލްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ބަސް ރޫޓަށް ބަދަލު އަންނާނީ ހަމައެކަނި ކަނޑައެޅިފައިވާ ދަންވަރުގެ ވަގުތުތަކުގައެވެ. އެހެންކަމުން، އެ ވަގުތުތަކުގައި އެއާޕޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: