ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާވިސް ޗާޖަކީ ރިސޯޓުގެ އޯނަރާ ބެހޭ އެއްޗެއް ނޫން، އެއީ މުވައްޒަފުންގެ ހައްގެއް: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރ މަޢުރޫފު ޛާކިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގައި ލިބޭސާވިސް ޗާޖަކީ ރިސޯޓުގެ އޯނަރާ ބެހޭ އެއްޗެއް ނޫންކަމަށާއި އެހެން ނަމަވެސް ރިސޯޓުތަކުގައި ސާވިސްޗާޖު ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން އޭގެ މަދު މިންވަރެއް ރިސޯޓު މުވައްޒަފުންނަށް ދެމުން އެބަ އަންނަކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާއިން ދެމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

ރިސޯޓުތަކުގައ ސާވިސް ޗާޖު ނަގަނީ ޑޮލަރުން ނުވަތަ ޕައުންޑުން ނުވަތާ ޔޫރޯއިން ކަމަށާއި، އަދި މިއީ އެއްވެސް މައްސަލައެއްނޫންކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އެބޭފުޅުންގެ އެއްވެސް ކަންބޮޑުވުމެއް އެކަމުގައި ނެތްކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް ވިދާޅުވީ މި ބިލްތަކަށް ވާހަކަދައްކާއިރު ވާނުވާ އެނގިގެން ހުރިހާ މެންބަރުން ވެސް ވާހަކަ ދެއްކުމަކީ މުހިންމު ކަމެއްކަމަށާއި، ސާވިސް ޗާޖުން ރިސޯޓުގެ އޯނަރުންނަށް ގެއްލުން ވާކަމަށް ބައެއް މެންބަރުން ވިދާޅުވާއިރު އެއީ އޯނަރާ ބެހޭ އެއްޗެއް ނޫންކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އަދި ގާނުނޫއަސާސީގައި ވެސް ސާވިސްޗާޖުގެ 99 އިންސައްތަ ލިބެން ޖެހޭނީ މުވައްޒަފުންނަށް ކަމަށް ލިޔެފައި އެބައޮތްކަމަށާއި އެއީ އެމީހުނަށް ހައްގު އެއްޗެއްކަމަުގައި މައުރޫފް ފާހަގަކުރެއްވިއެވެ.

ކަންނެލީގެ މަސްވެރިކަން ކުރައްވާ ފަރާތްތަކަށް ވެސް ޑޮލަރުން ފައިސާ ދެވޭ ނަމަ ދޭންވީ ކަމަށާއި، ޑޮލަރުގެ ވާހަކަ މި ދެކެވެނީ މިއަދު އެ ކަރަންސީއަކީ އެންމެ ގިނައިން ވިޔަފާރި ކުރެވޭ އެންމެ އަގުބޮޑު ފައިސާއަށް ވާތީކަމަށް ވެސް މައުރޫފް ފާހަގަކުރެއްވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ މީގެ 5 އަހަރު ފަހުން ވެސް އެހެން ފައިސާއެއްގެ އަގު އުފުލިއްގެ ނަމަ އޭގެން ލިބޭ ގޮތަށް ހަދަން ބިލުގައި ހިމެނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މައްސަލައަކީ ރިސޯޓު އޯނަރުން ޑޮލަރުން ސާވިސްޗާޖު ނެގުމަށް ފަހު ދިވެހި ރުފިރާއަށް ބަދަލުކޮށް އޭގެން ކުޑަ މިންވަރެއް މުވައްޒަފުންނަނށޤ ދޭތީކަމަށާއި، މި ކަމުހގެ ނަތީޖާއަކީ ދިވެހި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިނެގ އަދަދު މަދުވުން ކަމަމށް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: