ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހު އެމްޑީޕީއަށް: އިސްލާހެއް ހުށަހަޅާއިރު، އެއީ އެހެން ގާނޫނުތަކާއި ފުށުއަރާ އިސްލާހެއްތޯ ބަލަން ޖެހޭ!

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ގާނޫނަށް ހުށައެޅިފައި މިވާ އިސްލާހަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެހެން ގާނޫނުތަކާއި ފުށޫއަރާ އިސްލާހެއްތޯ ބަލަންޖެހޭ ކަމަށް އިންގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާއިން ދެމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

ފަލާހު ވިދާޅުވީ ފޮރިން އެކްސްޗޭންޖިންގ ގާނޫނެއް އޮންނަކަމަށާއި، އެގާނޫނުގައި ބުނާގޮތުން އެ ގާނޫނުގެ ރުފިޔާއިން މުއާމަލާތްކުން އޮންނަ މާއްދާގެ ށ ގައި އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި  ބޭރު ފައިސާއިން ކުރެވޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ މުޢާމަލާތްތައް ފިޔަވާ ދިވެހިތާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުޢާމަލާތެއް ބޭރު ފައިސާއިން ހުށައެޅުމަކީ އަދި އަދާކުރުމަކީ މަނާކަމެއް ކަމުގައި އެބަ ބަޔާން ކުރާކަން ފަލާހު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާލަންޖެހޭ ކަމެއްކަމަށަ ފަލާހު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޓޫރިޒަމް އަކީ ދިވެހިރާއްޖޭގެ ލޭނަާރު ކަމަށާއި، ދުނިޔޭގެ އިގްތިޞާދަްއަންނަ ކޮންމެ ބަދަލެއް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތަކުރާ ހުރިހާ ފަރާތްތަކަށް އަދި މުޅި ރާއްޖޭގެ އިގްތިޞާދީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ކުރާނެކަމަށް ފަލާހު ވިދާޅުވިއެވެ.

މިހާރު ވެސް ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުބް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވިއްސަކަށް އިންސައްތަ މަދުވެފައިވާކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ރިސޯޓުތަކަށް އިންވެސްކުރާ ފަރާތްތަކާއި ރިސޯޓު އޯނަރުންނަކީ ހަގީގަތުިގައި ވަރަށް ބޮޑެތި ލޯނުތަކާއި ދަރަނިތައް ނަގައިގެން އެ އިންވެސްޓުތައް ކުރައްވާ ބޭފުޅުން ކަމަށް ފާލާހު ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅުން އެ ނަގަނީ ވަރަށް ބޮޑު ރިސްކުތަކެއްކަމަށާއި، އެހެންކަމުން ހިމާޔައް ކުރާއިރު މި ބޭފުޅުންނާއި މުވައްޒަފުން އަދި ދިވެހި ރައްޔިތުން ވެސް ހިމެނެން ޖެހޭ ކަމަށް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ގޮތުން ވަކި ދާއިރާ އެއްގެ ތާއިދު ހޯދުމަށް ވަރަށް ގިނަ އިސްލާހުތަކެއް ހުށައެޅިދާނެ ކަމަށާއި، ހުށައަޅާ އިރު މި ހުށައެޅެނީ ކޮން އެއްޗެއް ކަމާއިމެދު ވިސްނަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: