ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާގެ ކިބައިން ރައްޔިތުންގެ މަޖިލީހުން މާފާށް އެދިއްޖެ

ސެސިލިއާ ޖަސްޓްޒެމްބްސްކާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރުމުގައި އަމލު ކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ މަޖިލީޙުން އޭނާގެ ކިބައިން މާފަށް އެދިއްޖެއެވެ. 

މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައިފަ އެވެ. އަދި އެއީ މަނާ ކަމެއްކަން އަންގައި ނަސޭހަތް ދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރި ވަގުތު އެކަމާ ދެކޮޅު ހަދަން އުޅުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރަން އުޅޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

ސެސިލިއާ ޖަސްޓްޒެމްބްސްކާ ނަމަކަށް ކިޔާ ”ޓްރެވަލް ބްލޮގާ“ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތަށް ރައްޔިތުންގެ މަޖިލިޙުގެ މިއަދުގެ ޖަލްސާގައި މާފަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ. 

އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ދިވެހި ރައްހޔިތުންގެ ފަރާތުން ސެސިލިއާ ޖަސްޓްޒެމްބްސްކްގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހިނގިމުނަށް މެދުވެރިވި ސަބަބު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސާފުކޮށް ދެއްވާފައިވާ ކަމަށާއި އަދި އެކަމަށް ފުލުހުންގެ ފަރާތުން ވެސް މާފަށް އެދިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ސެސިލިއާ ޖަސްޓްޒެމްބްސްކާ އަލުން އެނބުރި ރާއްޖެ އައިސް މާފުއްޓަށް ޒިޔާރަތްް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ފަތުރުވެރިޔާ ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދު މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: