ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނު މަގުގެ އައު ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

photo: MTCC
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ތާރުއެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ކޭބަލް ޖަންކްޝަންތަކާއި ސްޓޯމްވޯޓަރ ނިޒާމު ގާއިމުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ހަފުތާއެއްގެ ތެރޭގައި ނިންމައި، ތާރުއެޅުމަށް ބޭނުންވާ ސަބް-ބޭސް ތައްޔާރުކުރުމާއި އޭބީސީ އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެއެވެ. މިހާތަނަށް މި ސެގްމެންޓުގެ ޖުމްލަ މަސައްކަތުގެ 47 އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އައު ފަރުމާގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު، މުދާ އުފުލާ އުޅަނދުތަކަށާއި މަސްދޯނިފަހަރަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: