ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓަން މަރާލިކަން ނިޒާމްގެ މައްޗަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް

ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ލިޓަން (ކ) އާއި މުހައްމަދު ނިޒާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަންގެ ހަށިގަނޑު ނުފެނުނު ނަމަވެސް، އޭނާ މަރާލި ކަމުގެ ދައުވާ ގދ. ތިނަދުއަށް ނިސްބަތްވާ މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 28 ޑިސެމްބަރު 2022 ގައި ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން އެ ބޯޓު ފެނުނު އިރު، އޭގައި އެއްވެސް މީހަކު ނެތެވެ. ނިޒާމް ފެނުނީ އޭނާ ހޯދުމަށް ފުލުހުން އޮޕަރޭޝަން ހިންގަމުން ދަނިކޮށް، މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދާ އާންމު މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާ ގުޅިގެން މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިންނެވެ.

ދައުލަތުން ނިޒާމްގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ވައްކަމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ. ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ތުހުމަތުކުރެވޭ އިރު، ބޯޓުގައި ހުރި 51،000ރ. އޭނާ ވަގަށް ނެގި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ލިޓަން ނިޒާމާ އެކު ދަތުރަށް އެރީ އޭނާއަށް ވަރަށް ބޮޑަށް އިތުބާރުކޮށްގެން ކަމަށާއި، ނަމަވެސް ނިޒާމް އެ އިތުބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. ލިޓަން މޫދަށް ވައްޓާލައިގެން މަރާލި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، ގާނޫނުގައި އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބު ކަމަށްވާ އުމުރު ދުވަހުގެ ޖަލު ހުކުމް އޭނާއަށް ވަނީ އިއްވާފަ އެވެ.

ނިޒާމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމުން، އޭނާ ބަންދުގައި ހޭދަކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އެހެންކަމުން އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން ވައްކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.

ލިޓަންގެ ހަށިގަނޑު ހޯދުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓުން ނިންމީ ނިޒާމްގެ އަމަލުން ލިޓަން މަރުވެފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: