ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މެއި މަހު ފަށާނެ: އިހްސާން

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މެއި މަހު ފަށާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ފިޔަވަހި ފެށުމާއެކު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ފޮރިން ލޭބާ ޑިޕާޓްމެންޓްގެ ފަރާތުން 2024 ވަނަ އަހަރު ފެށި މި އޮޕަރޭޝަނަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

މި އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި ވޯކްޕާމިޓް ފީ ނުދައްކާ އަދި ވިސާއެއް ނެތި 148,417 ބިދޭސީން އުޅެމުންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭރު ސިސްޓަމްތަކުން ދެއްކި ގޮތުގައި ގަވައިދާ އެއްގޮތަށް އުޅެމުންދިޔައީ އެންމެ 28.97 އިންސައްތަ މަސައްކަތްތެރިންނެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރުގެ މަސައްކަތުން މި އަދަދު މިހާރު 62 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ފުރިހަމައަށް ޑޮކިއުމެންޓް ދައްކައި ލާރިދައްކާފައިވާ މީހުންގެ އަދަދުވަނީ 62 އިންސައްތައަށް އިތުރުކޮށްފައި. މިއީ 100 އިންސައްތަ ޔަގީން ނަންބަރެއް،“ އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ގާތްގަނޑަކަށް 206,000 މީހުންގެ ފިންގާ ޕްރިންޓް ނަގައި ފުލް އެކައުންޓަބިލިޓީއެއް ގާއިމުކުރެވިފައިވާ ކަމަށާއި، ފިންގާ ޕްރިންޓް ނުދީ ތިބި 2,933 ބިދޭސީންނަކީ ކޮންބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެކަން އިއުލާނު ކުރައްވާފައެވެ. މި ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ފިޔަވަޅު އަޅާނެއެވެ. ސަރުކާރުގެ އަމާޒަކީ 2 މެއި 2027 އާ ހަމައަށް ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: