ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު ބްރިޖް މަތީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު ބްރިޖްގައި ދެ ކާރު ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ރިޕޯޓް ކޮށްފައިވަނީ އެ ދުވަހުގެ ދަންވަރު 02:43 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގެ ބާރުގަދަކަމުން އޭގެ ތެރެއިން އެއް ކާރު ވަނީ މަގުމައްޗަށް ފުރޮޅާލައިފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ބޭރުފުށުން ޖިސްމާނީ އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.

