ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ’ކާށްޓެއް ބިނދެގެން ޗައިނާއަށް‘ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި

ދިރާގުގެ 'ކާށްޓެއް ބިނދެގެން ޗައިނާއަށް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް / ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ރޯދަމަހު ކުރިއަށް ގެންދިޔަ ’ކާށްޓެއް ބިނދެގެން ޗައިނާއަށް‘ ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފިއެވެ. މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު 2 ޖީބީގެ ހިލޭ ޑޭޓާ ދީފައިވެއެވެ. މީގެ އިތުރުން، މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް ވަނީ ލިބިފައެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ 8 އެޕްރިލް، 2026 ގައި ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައެވެ. މި ގުރުއަތުން ހޮވިފައިވަނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި، ވިދިވިދިގެން 30 ދުވަހު މި ހަރަކާތުގައި ބައިވެރިވާން ޖެހެއެވެ.

ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: