ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެސްސީ އާއި މެދު ވަޒީރުންގެ ހިތްހަމަނުޖެހުން އިންތިހާއަށް: ކޮމިޓީން ނިންމީ ސީއެސްސީ މެމްބަރުން ވަކި ކުރަން!

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެ ކުރިން ސީއެސްސީއާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކޮމިޝަންގެ މެމްބަރު މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިން ވެސް ވަކި ކުރުމަށް ފާސްކުރިއެވެ. ސީއެސްސީގެ ފަސް މެބަރުންގެ ތެރެއިން ފާތުމަރު އާމިރާ މަގާމުން ވަކި ކުުރުމަށް ނިންމާފައިނުވެއެވެ. އާމިރާ ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ މި ސަރުކާރު އުފެދުނުފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މަގާމުން ވަކިކުރަން ނިންމީ މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިނެވެ. ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ފާތުމަތު އާމިރާ މަގާމުން ވަކިކުރާކަށް ނުނިންމަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މި ވެރިކަން ފެށުނު ފަހުން 2018 ގެ ނޮމްބަރު މަހުގެ ތެރޭގަ އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުންނާއި ގުޅޭ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ބަލާފައެވެ. އަދި މެމްބަރުން ވަކި ކުރުމަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

މެމްބަރުން ވަކި ކުރުމަށް ފާސްކުރި ދުވަހާއި ދިމާވަނީ، ކޮމިޓީއަށް ސަރުކާރުގެ ވަޒީރުން ހާޒިރު ކުރުކުރުމުން އެ ކޮމިޝަންގެ މެމްބަރުންގެ އެއްބާރުލުމެއް ނުލިބޭކަމަށް ބުނެފައިވަނިކޮށެވެ. އަދި ވަޒީރުން ވަނީ ސީއެސްސީގެ މަސައްކަތްތަކަށް ނުރުހުންވެސް ފާޅުކޮށްފައެވެ.

ސީއެސްސީއާ ހެދި މަސައްކަތް ލަސްވާކަމަށް ސަރުކާރުގެ ވަޒީރުން ވަނީ މިއަދުގެ ކޮމިޓީގައި ބުނެފައި

ކޮމީޓިއަށް ހާޒިރުވި ވަޒީރުން ފާހަގަކުރެއްވި ގޮތުން ސީއެސްސީގައި ގިނައީ އިސްލާހު ކުރަނަޖެހޭ ކަންތަކެވެ. ކޮމިޝަންގައި ސިޔާސީ މަސައްކަތްތަކުގައި އުޅުނު ބައެއް ބޭފުޅުން އެބަތިބި ކަމަށް ވެސް ވަޒީރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާގެ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ލަސްވުމާއި މަޝްވަރާކޮށްގެން ވެސް ބައެއްކަންކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ވަޒީރުން ވިދާޅުވިއެވެ.

ކޮމިޓީގައި ވަޒީރުން އެދުނީ ސީއެސްސީ މިއަށްވުރެ ޒިންމާދާރު ވުމަށެވެ. އަދި މުވައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭނެ މަގެއް ހޯދައިދިނުމަށެވެ. އެހެން ނަމަވެސް، މިހާރު ތިއްބެވި މެމްބަރުންނާއި އެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވަޒީރުން ފާހަގަކުރިއެވެ.

ސަރުކާރު ސިވިލް ސާވިސްގެ އޮނިގަނޑެއްގެ ތެރެއިން ހިންގަންޖެހޭއިރު އެ އޮނިގަނޑުގެ ތެރެއިން ސީއެސީގެ ތެރޭގައި ގިނައީ ސިޔާސީ ފިކުރުތައް ކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ. އަމީރުގެ އިތުރުން ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވައި މިނިވަން މުއައްސަސާތަކާމެދު އިތުބާރު ދަމަހައްޓަން ޖެހޭކަމަށެވެ.

މިނިވަން މުވައްސަސާތަކަށް މީގެ ކުރިންވެސް ސިޔާސީ މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވުނެވެ. އެއާއި އެކު ސީއެސްސީގެ މައްޗަށް ވެސް އިތުބާރު ގެއްލެން މެދުވެރިވީ އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ޕާޓީގެ ޖަލްސާތަކަށް ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަދާ އިތުރު ގަޑީގެ ފައިސާ ލިބޭގޮތަށް ޖަލްސާތަކަށް ހާޒިރުވުމަށް މަޖުބޫރު ކުރުމުންނެވެ. ކުންފުނިތަކާއި މުވައްސަސާތަކުގެ މުވައްޒަފުންގެ އެޓެންޑެންސް މާކު ކުރާތަން އޭރު ޖަލްސާ ކަވަރު ކުރުމަށް ދާ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

ވެރިކަން ކުރަމުންދިޔަ ޕާޓީގެ ޖަލްސާތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވިކަމުގެ ތުހުމަތު

ވެރިކަން ކުރަމުންދިޔަ ޕާޓީގެ ޖަލްސާތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވި އިރު ވެސް ފިޔަވަޅު ނާޅާކަމުގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި އޭރު މުވައްޒަފުންގެ ވަޒީފާތަކާ މެދު ފިޔަވަޅު އަޅަމުން ދިޔަ އިރު މުވައްޒަފުންގެ ހައްގުގައި ސިވިލް ސާވިސް އިން މަސައްކަތް ނުކުރާކަމުގެ ތުހުމަތު ކުރެވުނެވެ.

މީގެ ކުރިން ވެސް ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު އާއި މެންބަރު އިބްރާހިމް ޝަހީގު ވަކި ކުރުމަށް ފޮނުވިއެވެ.

އެ މައްސަލަައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުހން ޝަހީދު އާއި ޝަހީގު ވަނީ މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެސް ކޮށްފަ އެވެ. އެ ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.

މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ވެސް ގިނަ މެންބަރުންގެ މައްސަލަތަކެއްގައި އެ މެންބަރުން ވަކި ކުރަން ނިންމާފަ އެވެ. އެ ގޮތަށް ނިންމި ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުން ފާާސްކޮށްގެން ބައެއް މެންބަރުން ވަކި ވެސް ކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: