ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރުގެ މައްސަލަ: އަނިޔާވެރި އެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ!

ފޭރެން އުޅުމުގެ ތެރޭގައި ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ޝަރީއަތް މާދަމާ ހެނދުނު ފަށަން ކްރިމިނަލް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދެވުނު ކަމަށް ބުނެ އަދުހަމް ވަނީ ތަހުގީގުގައި ކުށަށް އެއްބަސްވެފަ އެވެ. މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 24 ގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އަދްހަމް މުހައްމަދެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި، ފޭރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ޑީއެންއާއި ފިންގާޕްރިންޓް ދިމާވެ ފުލުހުން އަދުހަމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ ގާސިމް މަރާލި ގޮތް، ތަހުގާއި ކޯޓުގައި ވެސް ކިޔާދީފައެވެ.އަދި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ތަހުގީގަށް ހޯދާފައެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދިނެވެ.

އަދުހަމް އާއި ގުޅޭގޮތުން ޝިފާއި ވިދާޅުވީ މާލޭގައި ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު އަދުހަމް ހުޅުމާލެ ގޮސްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދުވާލު ގަޑީގައި ވެސް ފޭރެން މަސައްކަތްކޮށްފައި ވީ ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، ގާސިމްއަށް ހަމަލާ ދިނުން ދުވަހަކީ ހުޅުމާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރު ދުވަހެއްކަމުން ދުވާލު ގަޑީގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަން އެނގުނު ކަމަށް އަދުހަމް ވަނީ ތަހުގީގަށް ކިޔާދީފައެވެ.

އަދުހަމް، ވަނީ ގާސިމްއަށް ހަަމަލާ ދިނުމުގެ ތެރެއިން އިތުރު ޓެކްސީއަކުންވެސް ފޭރެން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، އޭނާގެ އެ މަސައްކަތް ނާކާމިޔާބި ވިއެވެ. ގާސިމް މަރާލި ރޭ އަދުހަމް އިތުރު 3 މީހަކަށް އެއާޕޯޓު ފަޅިންވެސް ޓާގެތް ކޮށްފައިވާ ކަމަށްފުލުހުން ބުނެއެވެ. ނަމަވެސް އެއާޕޯޓު ފަޅީގައި ސެކިއުރިޓީ ހަރަކާތްތެރިވާތީ އެކަން ނާކާމިޔާބުވެފައިވާ ކަމަށާއި ގާސިމް އަކީ އޭނާގެ ފަހުގެ ޓާގެޓް ކަމަށެް މައުލޫމާތު ދިެނެވެ.

ފުލުހުން ބުނެފައިވަނީ ގާސިމަށް ހަމަލާދިންއިރު އަދްހަމް ލައިގެން ހުރި އަންނަނު ބަދަލުކޮށް ފައިވަނީ ރައްޓެއްސެގެ އަތުން އެހެން އަންނައުނެއް ހޯދައިގެން ކަމަށެވެ. އަދި އަދްހަމް ކުރި އަމަލުގެ މައުލޫމާތު އޭނާގެ ރައްޓެހިންނަށް ލިބިފައިވާ ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: