ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އާމްދަނީ 5.5 ބިލިއަނަށް: ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ 276 މިލިއަނަށް އަރައިފި

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު، 22 އޭޕްރިލް 2026 ގައި އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރި ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެސްޓީއޯއަށް ވަނީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. އާމްދަނީ މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ބަންކަރިންގެ ޚިދުމަތާއެކު ކުންފުނިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ އެހެނިހެން ވިޔަފާރިތަކަށް ލިބުނު ކުރިއެރުންވެސް މި އާމްދަނީގައި ހިއްސާކުރެއެވެ.

އާމްދަނީއަށް އައި ހެޔޮ ބަދަލާއެކު، ކުންފުނީގެ ޖުމްލަ ފައިދާ ވަނީ 785 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ ކުއާޓަރަށްވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ. ހިންގުމުގެ ހަރަދުތަކަށް ބަލާއިރު، ނިސްބަތުން ހަރަދުތައް އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި ކުއާޓަރުގައި އެސްޓީއޯއިން ވަނީ ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. ހުރިހާ ޓެކުހެއް ކެނޑުމަށްފަހު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ނަތީޖާއަކީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށާއި ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މިއަހަރުގެ ކުރިއަށް ހުރި ކުއާޓަރުތަކުގައިވެސް މި ކާމިޔާބީ ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: