ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ނައިބް ރައީސް ނާޒިމްއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް: އިހުސާން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ނާޒިމްގެ ތަހުގީގެއް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވާ ނަމަ، އެ މައުލޫމާތު ދޭ މަސްދަރަކީ ދޮގު މައުލޫމާތު ފަތުރާ ފަރާތެއް ކަމަށާއި އެ މަސްދަރު ބަދަލުކުރަން ޖެހޭ ކަމަށެވެ.

 ”އެއީ ހަމަ އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން، އެއްވެސް ތަހުގީގެއް ނުހިނގާ،“ މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމާ ބެހޭގޮތުން މިފަދަ އަޑުތަކެއް ފެތުރެން ފެށީ، މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ކުއްލި ގޮތަކަށް އޭނާ ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ އަންގާރަ ދުވަހު އޭނާ އެ ކޮމިޓީތަކުން ވަކިކޮށް، މިހާރު ވަނީ އެންވަޔަރްމެންޓް ކޮމިޓީއަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފަށާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ ދޮގުކުރައްވާފަ އެވެ. ފަލާހު ވިދާޅުވީ އެއީ ”މާސިންގާ ދޮގެއް“ ކަމަށާއި އެފަދަ ކަމެއް ހިނގަމުން ނުދާ ކަމަށެވެ.

ނަމަވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ނާޒިމް މަގާމުން ވަކިކުރުމަށް ސޮއި ހޯދުމުގެ ރަސްމީ މަސައްކަތެއް އަދި ނުފެށި ނަމަވެސް، ނުސީދާކޮށް އެ މިސްރާބަށް ކަންކަން ދަނީ ބަދަލުވަމުންނެވެ. ނާޒިމް ކޮމިޓީތަކުން ވަކިކުރީ ވަގުތު ނުދެއްވޭތީ ކަމަށް ރަސްމީކޮށް ބުނި ނަމަވެސް، މިއީ ސިޔާސީ ގޮތުން އައި ބަދަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: