ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާ އިއްޔެ 4،868 މީހުން ގުޅުނުއިރު މިހާރު ތިބީ 50،594 މެންބަރުން

އެމްޑީޕީގެ ލީޑަރޝިޕް -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އިއްޔެ އެކަނިވެސް 4،868 މީހުން އަލަށް ގުޅިފައިވާ ކަމަށާއި، އެއާއެކު އެ ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދު 50،594 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ރޭ މެންދަމު 12:00 އާ ހަމައަށް އެ ޕާޓީއާ ގުޅުނު މީހުންނާއެކު މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމްޑީޕީއަށް އިއްޔެ ގިނަ އަދަދެއްގެ މެންބަރުން ވަދެފައި މިވަނީ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމަށް މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ ރޭ 12:00 ކަމަށް ކަނޑައަޅާފައިވާތީއެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް އިއްޔެ ހަވީރުން ފެށިގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. ރައީސް ނަޝީދުގެ އިތުރުން މި މަގާމަށް ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަންއެވެ. އެމަނިކުފާނު ވަނީ 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވަންދެން އެ މަގާމު ފުރުއްވާފައެވެ. މީގެ ކުރިން މި މަގާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި މާރިޔާ އަހުމަދު ދީދީ، މޫސާ މަނިކު، އަލީ ވަހީދު، ހަސަން ލަތީފް އަދި ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.

މި އިންތިހާބުގައި ވާދަކުރައްވާ މީކާއިލް އަކީ އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސްކަން ކުރައްވާފައިވާ، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: