ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އައިޝާ އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ ފިޔަވައްޗަށް!

އާ ވަޒީރުގެ ފުރަތަމަ ޒިޔާރަތް ފިޔަވައްޗަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގެ ކުދިންނާއި ބައްދަލު ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީއިން ބުނެފައިވަނީ، މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އައިޝަތު މުހައްމަދު ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާފައިވާކަމަށެވެ. އަދި ތަނުގެ ކުދިންނާއި ބައްދަލުކޮށް އެ ކުދިންގެ ވާހަކަތައް އަޑު އެއްސެވި ކަމަށެވެ. އޭގެ އިތުރުން ތަނާއި ގުޅޭގޮތުން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް މިނިސްޓަރ ބައްލަވާލައްވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އާ މިނިސްޓަރު ފިޔަވައްޗަށް ވަޑައިގެންނެވިއިރު އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތްތަނަކީ ވެސް އެއީއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރަނގަޅު އަޅާލުމެއް ނުދެވޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެ ކުދިންނަށް ލޯތްބާއި އަސާސީ ކަންކަން ފުރިހަމަކޮށް ނުދޭކަމުގެ އަޑުތަައް ވެސް އިވެއެވެ.

ފިޔަވަތީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ދޭތެރެއަކުން ތަނުގެ ކުދިން ފާރަށް އެރުން ފަދަ ކަންތައް ހިނގާއިރު ކުދިން ފިލައިގެން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ފުލުހުން ވެސް ހަރަކާތްތެރިވެއެވެ.

ދާދިފަހުން ކުޑަކުދިންގެ ހިޔާގެ ހާލަތު ކުޑަކުއްޖަކު ރޮއެފައި ކިޔައިދޭ ވީޑިއޯއެއް އާއްމުވިއެވެ. ކުއްޖާ ވީޑިއޯގައި ކިޔައިދޭ ގޮތުން ބޭނުންވާ ވަރަށް ކާންވެސް ނުލިބެއެވެ. އަދި ތަނުގައި ތިބޭ އެހެން ކުދިން ކުރާ ފުރައްސާރަތަަކަށް ”ދައްތަމެން“ އަޅެއް ނުލާމަށް އެ ކުއްޖާ ކިޔައިދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: