ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލް.ޖީ.އޭ ގެ ރައީސްގެ މަޤާމަށް މޫސާ ޒަމީރު އައްޔަންކުރައްވައިފި

ފޮރިން މިނސްޓަރ މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ރައީސްގެ މަޤާމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ ހިންގުން ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ. މޫސާ ޒަމީރަކީ މިހާރު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ގެ މަގާމު އަދާކުރައްވަމުންދާ ފަރާތެވެ.

މޫސާ ޒަމީރު މި މަޤާމަށް އައްޔަންކުރެއްވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލް.ޖީ.އޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނެ ވަޒީރަކީވެސް އެމަނިކުފާނެވެ.

މި ބަދަލަކީ ކައުންސިލްތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ސީދާ ފިނޭންސް މިނިސްޓްރީގެ ތެރެއިން ހައްލު ހޯދައިދިނުމަށް މަގުފަހިވާނެ ބަދަލެކެވެ. އެލް.ޖީ.އޭގެ ރައީސްގެ މަޤާމުގައި ފިނޭންސް މިނިސްޓަރ ހުންނެވުމުން، ކައުންސިލްތަކުގެ ބަޖެޓު އެކުލަވާލުމާއި، ފައިސާ ދޫކުރުމުގެ މަރުހަލާތައް މިހާރަށްވުރެ ހަލުވިވެ، އިދާރީ ހިންގުމުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލުމަށް ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ހިންގުމުގައި ލޯކަލް ކައުންސިލްތަކާއި މަރުކަޒީ ސަރުކާރާ ދެމެދު އޮންނަ ގުޅުން މި ބަދަލުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މޫސާ ޒަމީރަކީ މީގެ ކުރިން ދައުލަތުގެ މުހިންމު އެކި ވުޒާރާތަކެއް ބަލަހައްޓަވާފައިވާ ތަޖުރިބާކާރު ބޭފުޅަކަށް ވުމުން، އެލް.ޖީ.އޭގެ ބޯޑު މެދުވެރިކޮށް ކައުންސިލްތައް ޒިންމާދާރުކުރުވުމާއި، ލާމަރުކަޒީ ނިޒާމުގެ މަޤްޞަދުތައް ހާސިލުކުރުމަށް އައު ހަކަތައެއް ލިބޭނެއެވެ.

 މި ނިންމުމާއެކު، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ ކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް، ދިމާވާ ދަތިތަކަށް އަވަސް މިނެއްގައި އިޖާބަދިނުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: