ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.
މި ކަމާއި ގުޅޭގޮތުން ސަންގަށް ދެއްވި ބަސްދީގަތުމެއްގައި ޖާބިރު ވިދާޅުވީ ރައީސް މުއިއްޒުއަކީ ރައްޔިތުންނާއި ވަރަށް ގާތުން ހީވާގިކަމާއިއެކު މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ.
އަދި ރައީސް މުއިއްޒަކީ ޕާޓީ ހިންގުމުގައި އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަރަށް އަވަދިނެތި މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ރައިސް ޑރ. މުއިއްޒުއާއި އެމަނިކްފާނު ވަނީ ވަރަށް ގާތުން މަސައްކަތަކުރައްވާފަކަމަށެވެ.
ޕީއެންސީއަކީ މުސްތަޤްބަލު އޮތް ޕާޓީއެއްކަމަށާއި، ރައްޔިތުންނަށް ހިދުމަަތްދިނުމުގައި އެޕާޓީން ދަނީ ވަރަށ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި މި ޕާޓީއާއި ގުޅުމަކީ މި ވަގުތު ކުރުން ކޮންމެހެން ވެސް މުހިންމުކަމެއް ކަމަށް ފެންނާތީ އެކްނ ކުރީ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިއަދުން ފެށިގެން ޖާބިރު މަސައްކަތް ކުރަމުންދާނީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި، އަދި ޖާބިރު ވިދާޅުވި ގޮތުގައި އެބޭފުޅާ ޕާޓީއާއި ގުޅިވަޑައިގަތުމުން ވަރަށް ގިނަ ބޭފުޅުން ޕާޓީއާއި ގުޅުމަށް ޝައުގުވެރިވާ ކަމަށާއި ވަރަށް ގިނަ ބޭފުޅުން އެމަނިކްފާނު ކުރައްވާ މަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވިކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިފެރަންޑަމް ވޯޓުގެ ކެންޕެއިން ހަރަކާތުގައި އެ މަނިކްފާނު ވާނީ ރައީސް ގެ އަރިހުގައި ޑޯޓުޑޯ ހަރަކާތްތަކުގައި އަދި އައްޑޫގެ ކެމްޕެއިން ހަރަކާތަތަކާއި، ބައެއް ޖަލްސާތަކުގައި ވާހަކަވެސް ދައްކަވާފައި ކަމަށް ވިދާޅުވިއެވެ.
ޕާޓީގެ މެންބަރެއްގެ ގޮތުގައި މިއަދު ސޮއިކޮށްފައިވާއިރު ޕާޓީގެ ލީޑަރޝިޕަށް މަރުހަބާ ކިޔާކަމަށާއި، އަދި ރައީސް ޑރ މުއިއްޒަށް އެ މަނިކްފާނު ބަލައިގަނެ މަރުހަބާ ކިޔުއްވިކަމަށް ޝުކުރުއަދާކުރައްވާކަމަށް ޖާބީރު ވިދާޅުވިއެވެ.
ދުވަސްކޮޅެއް ވަންދެން ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު ޖާބިރު އަލުން ނިމިދިޔަ އިންތިހާބާއި ދިމާކޮށް މި މަސައްކަތް ފައްޓަވާފައިވާއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކްފާނު ފެނިވަޑައިގެންފައިވާނީ އިދިކޮޅު މައިޕާޓީ އެމްޑީޕީއިންނެވެ.

