ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ބުނެ ރަށްތަކުގެ ޔުޓިލިޓީތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުނިތައް އިޞްލާޙުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން، ފެނަކަ ކޯޕަރޭޝަނުން މިހާރު ޚިދުމަތް ދެމުންގެންދާ 21 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުމުގެ ދަށުން ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް އަލަށް އިތުރުވާ ރަށްތަކުގެ ތެރޭގައި ބ. އަތޮޅުގެ ކުޑަރިކިލު، ދޮންފަނު، ކިހާދޫ، މާޅޮސް، ފެހެންދޫ އަދި ފުޅަދޫ ހިމެނެއެވެ. މީގެ އިތުރުން އދ. އަތޮޅުން ދިގުރަށާއި މާމިގިލީގެ އިތުރުން ޅ. އަތޮޅުން ކުރެންދޫ، ނައިފަރު، ހިންނަވަރު އަދި އޮޅުވެލިފުށި ސްޓެލްކޯގެ ދާއިރާއަށް އިތުރުކުރެވިފައިވެއެވެ. އަދި ވ. އަތޮޅުގެ ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫގެ އިތުރުން މ. އަތޮޅުގެ މުލައް، ވޭވަށް، ރަތްމަންދޫ އަދި މަޑުއްވަރީގެ ޚިދުމަތްތައް ދެން ފޯރުކޮށްދޭނީ ސްޓެލްކޯއިންނެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގުޅިގެން ކުރިއަށްގެންދާ މި ބަދަލުގެ އެންމެ ބޮޑު މަޤްޞަދަކީ ޚިދުމަތްތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ހާމަކުރެއެވެ. މި ބަދަލު ގެނައުމުގެ މަރުޙަލާގައި އެ ރަށްރަށުގެ އިންޖީނުގެތަކާއި، ވަޞީލަތްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ބަދަލާއެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، މިހާރު ތިބި ފަންނީ އަދި އިދާރީ މުވައްޒަފުން ސްޓެލްކޯގެ މުވައްޒަފުންނަށް ބަދަލުވެގެންދާނެ ކަމުގެ ޔަޤީންކަން ޕީ.ސީ.ބީ އިން ވަނީ ދީފައެވެ. މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ސްޓެލްކޯއަކީ ޤާބިލު ކުންފުންޏަކަށް ވުމާއެކު، މި ބަދަލާއެކު އެ ރަށްރަށުގެ ޔުޓިލިޓީ ނިޒާމުތައް އަޕްގްރޭޑްކޮށް، ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ޕްލޭނެއް އެ ކުންފުނިން ދަނީ އެކުލަވާލަމުންނެވެ.

ފައިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ކުންފުނިތައް ރީ-ސްޓްރަކްޗަރ ކުރުމުގެ މިފަދަ މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ކުރާ ހޭދަ ކުޑަވެ، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފައިދާވާ ތަންތަނަށް ވެގެންދާނެއެވެ. ޚިދުމަތްތައް ބަދަލުކުރުމުގެ މުޅި މަރުޙަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯއާއި ފެނަކައިގެ އިސްވެރިން ހިމެނޭ ޚާއްޞަ ކޮމިޓީއަކުން ދަނީ ދުވަހުން ދުވަހަށް މަސައްކަތްތައް މޮނިޓަރ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: