ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލީގެ 70 ޕަސަންޓް ދެއްކުމަށް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ޤަރާރެއް މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކުއްޔަށް ދިރިއުޅޭ ރައްޔިތުންގެ ކުލީގެ 70 ޕަސަންޓް ދައުލަތުން ދެއްކުމަށް ލާޒިމްކޮށް ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޖާބިރު ހުށަހެޅުއްވި ޤަރާރުގައި، ހިމަނާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ތަނަވަސްކަން ކުޑަ ފަރާތްތަކުން ދައްކާ ކުލީގެ 70 ޕަސަންޓު ދައުލަތުން ދެއްކުމަށެވެ.

ޤާރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީއެއް މާލޭގައި ދިރިއުޅެމުން އަންނައިރު، އެ ފަރާތްތަކުގެ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ މާލޭ ކުއްޔަށް ކަމަށެވެ. އާމްދަނީގެ ބޮޑުބައި ކުއްޔަށް ހޭދަވާއިރު، އަހަރުން އަހަރަށް އެ ކުލީގެ އަދަދު ބޮޑުވަމުން އަންނަ ކަމަށް ޑީއާރުޕީގެ ލީޑަރުންކަންވެސް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހުރިހާ ސަރުކާރެއްގައިވެސް ވަމުން އަންނަ ވައުދެއް ކަމަށާއި ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމޭއިރުވެސް އެ ވައުދު ނުފުއްދޭ ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރިޔާސީ ވައުދުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދު ހިމެނޭތީ އެކަން ކުރެވެންދެން މާލޭގެ ކުއްޔަށް ދިރިއުޅޭ ރައްޔިތުންގެ ކުލީގެ 70 ޕަސަންޓު ދެއްކުމަށް ސަރުކާރުގެ މައްޗަށް ލާޒިމް ކުރެއެވެ.

”ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމާ ހަމަޔަށް ފާތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެ އަދަދުގެ 70 އިންސައްތަ ސަރުކާރުން އެ ފަރާތްތަކަށް ލިބިގެން ދާނެ ގޮތުގެ ހަރުދަނާ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް“ ޖާބިރު ވިދާޅުވިއެވެ.

ތަނަވަސް ނެތް ރައްޔިތުން ދައްކާ ކުލީގެ 70 ޕަސަންޓު ދައުލަތުން ދެއްކުމަށް، ޖާބިރު ހުށަހެޅުއްވި ޤަރާރަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްވަނީ ފާޑު ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ދައުލަތް ބަނގުރޫޓުވާ މަގަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަނޭޅުއްވުމަށް ޖާބިރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މާލޭ މީހަކަށްވިޔަސް ރާއްޖޭގެ ކޮންމެ ރަށެއްގެ މީހެއް ވިޔަސް ބޯހިޔާ ވަހިކަމަކީ ލިބެން ޙައްގެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޖާބިރު ހުށަހެޅުއްވި ގަރާރުގައިވާ ކަންކަން ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: