ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރުގެ މައްސަލަ: ސިއްރު ހެކިންގެ ލިޔުންތައް އަދުހަމަކަށް ދުލެއް ނުކުރާނެ!

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް ކުރިމިނަލް ކޯޓަށް ވައްދަނީ - ފޮޓޯ : މުއާވިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ. އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ހެކިންގެ ބަޔާންތަކާއި، ގާސިމްއަށް ލިބިފައިހުރި އަނިޔާތަކުގެ ފޮޓޯތައް ސިއްރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށެވެ. އެއަށްފަހު ދައުލަތުން އެދުނީ އެ ލިޔެކިޔުންތައް ދައުވާ ލިބޭ މީހައަށް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ނިންމެވީ، ދައުލަތުން އެދުނު ގޮތަށް އެ ލިޔެކިޔުން ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މައްސަލައިގެ ލިޔެކިޔުންތައް އަދުހަމްއަށް ދޫކުރާއިރު ވެސް ސިއްރު ހެކިންގެ ލިޔުންތައް ދޫނުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އަދުހަމްއާއި، ލިޔެކިތުން ފުރިހަމައަށް ހުރިތޯ ސުވާލު ކުރައްވާފައެވެ. އެއަށްފަހު މައްސަލައިގައި އަދުހަމްއަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދީފައިވާ ވަކީލު ވިދާޅުވީ މައްސަލައިގައި ލިޔެކިޔުންތައް އަދުހަމްއަށް ލިބިފައިވީނަމަވެސް އޭނާއަށް އެ ލިބިފައިނުވާކަމަށެވެ. އެހެން ކަމުން، ޑޮކިއުމެންޓުތައް ހަމަަށް ހުރިތޯ ނުވަތަ ނޫންތޯ މިވަގުތު ދަންނަވަން ނޭނގޭ ކަމަށް ވަކީލު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ގާޒީ ވަނީ، އެކަން ސާފުނުވާނަމަ އަޑުއެހުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ގާޒީ ނިންމެވީ އެ ފުރުސަތު ދިނުމަށް ފަހު، އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.

 

ފޭރެން އުޅުމުގެ ތެރޭގައި ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލަ

އަދުހަމް، ގާޒިމް މަރާލި މައްސަލައިގައި ދައުލަތުން އެދުނީ ވީހާވެސް އަވަހަށް އަޑުއެހުންތައް ކުރިޔަށް ގެންދިއުމަށެވެ. މައްސަލައިގައި އަދުހަމް ކުށައް އިއުތިރާފުވެފައިވާއިރު، އެކަމުގެ އެއްބަސްވުމެއް ވެސް ދައުލަތުން ހަދާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އިބްތިދާއީ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މައްސަލައިގެ ޝަރީއަތެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދެވުނު ކަމަށް ބުނެ އަދުހަމް ވަނީ ތަހުގީގުގައި ކުށަށް އެއްބަސްވެފަ އެވެ. މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 24 ގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. އަދި އޭނާ ވަނީ ގާސިމް މަރާލި ގޮތް، ތަހުގާއި ކޯޓުގައި ވެސް ކިޔާދީފައެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ތަހުގީގަށް ހޯދާފައެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދިނެވެ.

ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.

https://twitter.com/Muaaviath/status/1227088167842377728

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: