ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔައުޤޫބާއި އަދުން ހުސެއިންގެ ކޯޅުން މީސް މީޑިއާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އާއި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކޯޅުންގަނޑު މީސް މީޑީއާއަށްބަންޑުންޖަހާލައިފިއެވެ.

މި ދެ މެންބަރުންގެ މެދުގައި އެންމެ ފުރަތަމަ ނުތަނަވަސް ކަމެއް އުފެދުނީ ޓީވީ ޕްރޮގްރާމެއްގައި ހުސެއިން ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޝަހީމް ވިދާޅުވެފައިވަނީ މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތު ކަމަށެވެ.

ހުސެއިން ވިދާޅުވީ މާލެ ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި ކޯސްޓް ބޮޑު ދަޅެއްގައި ނިދާފައި ފެންވަރަނީ ކުޑަ ދަޅަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

”ހަމަ ގާތްގަނޑަކަށް މިތަނަށް (މާލެ) ދިމާވެފައިވަނީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް“ ހުސެއިން ވިދާޅުވި އެވެ.

ހުސެއިންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އިސްރާއިލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން އަތޮޅުތެރޭ މީހުން މިނެކިރުމަކީ ލަދުވެތިވާ ކަމެއް ކަމަށެވެ.

”އަޅުގަނޑު ވެސް ގަބޫލުކުރަން މާލޭގަ ދިރިއުޅޭ ރައްޔިތުން ވެސް ބޯހިޔާވަހިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް، އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،“ ޔައުގޫބު ވިދާޅުވި އެވެ.

ޔައުޤޫބްގެ ވާހަކަތަކާއި ގުޅިގެން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑު ތުހުމަތަކާއެކު ރައްދު ދެއްވަމުން ހުސެއިން ވިދާޅުވީ ޔައުޤޫބު ހުންނެވީ ގޮހޮރޮޅަށް ދަންދެން ކައިގެން ކަމަށެވެ. ސީ ޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭތީ ޔައުގޫބް ބެވި ވަރު ތާރީހުން ފެންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސެން ވިދާޅުވި ގޮތުގައި ޔައުޤޫބު މިހާރު ހުންނެވީ ކޮންމެވެސް ބަޔެއްގެ ދަށުވެފައެވެ. އަދި މިހާރު ޔައުޤޫބަށް ހުރިހާ ކަމެއް އޯކޭވާނެ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

”ދެން ތިއްބަވާ ބަލަން. އެހުރީ ކޮޅު ގޮހޮރަށް ކައިގެން. ކޮންމެ ކަމެއް ވެސް އޯކޭ ވާނެ މިކަމުގައި. މިހާރު އެ ހުރީ ދަށުވެފައި. މިއީ ފެންވަރަކީ“ ހުސެއިން ވިދާޅުވިއެވެ.

ހުސެއިންގެ ތުހުމަތާއި ގުޅިގެން ޔައުޤޫބު ވިދާޅުވެފައިވަނީ  ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި ހުސެއިން އެކުރައްވަނީ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށާއި ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭ ގޮތުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: