ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ އިންޒާރެއް ޓޫރިޒަމް މިނިސްޓްރީއަށް!

އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒް މުސާ-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގައި އޮތް އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމުން، އެކަމަށް ފިޔަވަޅު އެޅުމަށް ގާނޫނުން ލިބިދޭ އެންމެ މަތީ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒް މުސާ ވިދާޅުވެއްޖެއެވެ.

އައިކޮމްގެ އޮފީހުގައި އޮތް އަޑު އެހުމަކީ އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިނުމުން، އެ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޓްރޭޑް ޔުނިއަނުން ޓޫރިޒަމް މިނިސްޓްރީގައި މައުލޫމާތު ހޯދަން އެދުނީ ”މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު“ ގެ ދަށުންނެވެ. އެ ޤާނޫނުގައި ވާގޮތުން ކޮންމެ ރައްޔިތަކަށްވެސް ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތު ހޯދައި ލިބިގަތުމަށް އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް ފޯމެއް ހުށަހެޅިދާނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށައެޅޭނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ރަސްމީކޮށް ފޮނުވައިގެން މައުލޫމާތު ނުލިބިއްޖެ ނަމަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

”ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫން. މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނަން،“ ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒު މޫސާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލަ ކަމަށެވެ. އަދި މި މައްސަލާގައި ދެ ފަރާތައް ވެސް ޗިޓު ފޮނުވި ކަމަށް ފިޔާޒް ވިދާޅުވިއެވެ. ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ހާޒިރު ނުވިނަމަވެސް މައްސަލަ ކުރި އަށް ގެންދާނެ ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.

”އަޅުގަނޑު ކޮމިޝަނަރުކަމާ ހަވާލުވެ ޓޫރިޒަމް މިނިސްޓްރީއާ ވެސް ބައްދަލު ކުރިން. މި މައްސަލާގެ ހައްސާސް ކަމުން މަޓީ އާ  ބައްދަލު ކުރިން. އަޅުގަނޑުމެން ހޯދި ލިޔެކިޔުން ތަކުން އެނގޭ ގާނޫނާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް. އެކާވީސް ދުވަސް ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް ޖަވާބު ދީފައެއް ނެތް. އެހެންވީމަ ވަގުތުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅޭ،“ ފިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފިޔާޒް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީން 21 ދުވަހުގެ ތެރޭގައި ޖަވާބެއްދީފައި ނުވާތީއާއި އަޑު އެހުމަށް ހާޒިރު ނުވުމުން އެނގެނީ، އެ މިނިސްޓްރީން މި މައްސަލައިގައި ޖަވާބުދާރީވާން ބޭނުންނުވާ ކަމެވެ.

މިއަދުގެ އަޑު އެހުމަށް ހާޒިރުވެފައިނުވާތީ ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ، އަހުމަދު އަބީރު ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ. އަދި މައުލޫމާތު ހޯދާ ލިބި ގަތުމުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދޭތީ މި މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ މައުލޫމާތު ހާމަކުރުމާއި ދައުލަތް ޖަވާބުދާރީ ކުރުވުމެވެ. ފިޔާޒް އެމަޤާމަށް އައްޔަން ކުރެވުނު ފަހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމިއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލް ހާމަކުރަން ރައީސް އޮފީހަށް އެންގެވިއެވެ.

އެ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލް ސަރުކާރުން ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ތަފްސީލު ހޯދަން އާންމު ފަރާތަކުން އެދުމުން އެކަމާ ދެކޮޅު ހެދި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: