ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ފަރުވާގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިއީ އެ ސަރަހައްދުގެ ސިއްޙީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވީ، މިއަހަރަކީ ހުވަދުއަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށެވެ. އަދި އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާތީ، ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމު) އަދި ޕަލްމޮނޮލޮޖީ (ފުއްޕާމޭ) ގެ ބަލިތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޚިދުމަތްތައް ފެށުމަށްޓަކައި އެ ދާއިރާތަކަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތްތައް ތިނަދޫގައި ގާއިމުކުރެވުމާއެކު، ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްއަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، ”ޔޫރޮލޮޖީއާއި ޕަލްމޯ މިއަހަރުތެރޭ އަޅުގަނޑުމެން ޚިދުމަތަށް ގެންނާނަން. އޭގެ ސަބަބުން މި ރީޖަންގައި އެއާ އެމްބިއުލާންސްއަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ،“ ކަމަށެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އައު އިމާރާތުގެ މަސައްކަތާއި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް އަލަށް 30 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އައު ޚިދުމަތްތަކަކީ ހުވަދުއަތޮޅުގެ ރައްޔިތުން ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށް ހޮސްޕިޓަލުން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: