ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި ބައިވެރިވި 40 ދަރިވަރުން ސެޓްފިކެޓް ހާސިލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 131 ވަނަ ބެޗްގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މި ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރެވެ. މި ހަރަކާތުގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ދަރިވަރުން ބައިވެރިވެ، ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙުސައިން ސަމީރު ވަނީ ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް ދަރިވަރުންނަށް ގޮވާލައްވައިފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ގާއިމުކުރުމަށް ބާރުއެޅުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޭނާ ހަނދާންކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ވަނީ މިފަދަ މުހިންމު ޕްރޮގްރާމެއް އެ ރަށުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔައީތީ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފައެވެ. ރަސްމިއްޔާތުގައި ކައުންސިލްގެ ނައިބު ރައީސާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން ރޯޑް ސޭފްޓީގެ އިސް ވެރިންނާއި ފުލުހުންގެ އެކި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރޭ އުނގޫފާރު ސްކޫލުގައި ވެސް 132 ވަނަ ޓްރެފިކް މޮނިޓަރ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. އެ ސްކޫލުން 35 ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި ހަރަކާތްތަކަކީ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅުގައި މި މަހުގެ 17 އިން 27 އަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: