ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބާރުތައް ގާނޫނީ އިމުގެ ތެރެއިން ހަމަކުރަން ޖެހޭ: މާރިޔާ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބާރުތައް ގާނޫނީ އިމުގެ ތެރެއިން ހަމަހަމަކުރުމަށާއި، ރައްޔިތުންގެ ތަމްސީލުކުރުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ

. މާރިޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ ”ބޮޑު ބަދަލު“ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި މާރިޔާ ވަނީ ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހާއި، ތަޖުރިބާކާރު ލީޑަޝިޕެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާގެ ވާހަކަފުޅުގައި، 2008 ވަނަ އަހަރުގެ އާ ގާނޫނުއަސާސީގެ ދަށުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި މުހިންމު އިސްލާހީ ބަދަލުތައް ހަނދާންކޮށްދެއްވައި، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ލާބައަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންނަށް ދޭން ފެށި ޕެންޝަނާއި އާސަންދަ ފަދަ ހިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން މާރިޔާ ވިދާޅުވީ، އެ ހިދުމަތްތައް ފެށި ދުވަސްވަރު ބައެއް ފަރާތްތަކުން ފާޑުކިޔައި ސުވާލު އުފެއްދި ނަމަވެސް، މިއަދު އެއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި އަސާސީ ހިދުމަތްތަކެއް ކަމަށެވެ. ”އެމްޑީޕީން އަބަދުވެސް އިސްކަންދެނީ އިސްރަށްވެހިންގެ ކަރާމާތާއި ދުޅަހެޔޮކަމަށް“ ކަމަށް މާރިޔާ ވިދާޅުވިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ހާދިސާގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށްވެސް ބޮޑެތި އަސަރުތަކެއް ކުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޕާޓީގެ މިހާރުގެ އަމާޒަކީ މާޒީގެ ހިތްދަތި ހަނދާންތަކުގައި ތިބުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް ދިއުން ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންގެ އަޑު ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ބާރުތައް އެއްކުރުމުގެ ބަދަލުގައި ހަމަހަމަކަން ގާއިމުކުރުމަކީ ގައުމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: