ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހަދައިދީފި!

ފޮޓޯ: އައިކެއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހެދުން / ފޮޓޯ: އައިކެއަރ

ކެއަރ ސޮސައިޓީން އަހަރީކޮށް ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސޮސައިޓީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ހިލޭ ސްކްރީނިން ޕްރޮގްރާމްގައި، ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ ދިނުމެވެ. އައިކެއަރގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަފާ ދީފައިވެއެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން އައިކެއަރ އިން ބުނެފައިވަނީ، މުޖުތަމައުތަކަށް ވާސިލްވެ، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ މުހިންމު ބައެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހެދުން / ފޮޓޯ: އައިކެއަރ

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއަރގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: