ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ – ހުޅުމާލެ ބަސް: ދެވަނަ ރޫޓަކުން ދުއްވަން ފަށައިފި!

މާލެ މޭޔަރު ޝިފާ - ނޫސްވެރިންނާ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު ހުރަސްކޮށް މާލެ އާއި ހުޅުމާލެ ދެމެދު މިހާރު ދެމުންގެންދާ ބަހުގެ ހިދުމަތަށް ދެވަނަ ރޫޓެއް ކަނޑައަޅައި، ދެ ރޫޓުން ބަސް ދުއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މާލެ-ހުޅުމާލެ ބަސް އޮޕަރޭޓުކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނީ އިއްޔެއިން ފެށިގެން މާލޭގެ ކާނިވާ ސަރަހައްދުން ފެށިގެން ހުޅުމާލެއަށް ދަތުރުތައް ފަށައިފައިވާ ކަމަށެވެ. އެ ބަސްރޫޓުގައި މަޑުކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކާނިވާ ބަސް ހުއްޓި ސަރަހައްދާއި ހެންވޭރު ވޮލީކޯޓް ކުރިމަތި ހިމެނެ އެވެ. އެ ރޫޓުން ދަތުރުކުރާ ބަސްތައް ހުޅުމާލެއިން ހުއްޓާނީ އަސުރުމާ ހިނގުމުގައި ހުންނަ ރެޑްވޭވް ފިހާރަ ކުރިމައްޗަށާއި ހުޅުމާލެ ސެންޓްރަލް މޯލް ކުރިމައްޗަށެވެ.

https://twitter.com/MaleCitymv/status/1227263265064882180?

މި ރޫޓު ތައާރަފްކުރި ނަމަވެސް، ކުރިން ދުއްވި ރޫޓުގެ ދަތުރުތަކަށް ބަދަލެއް އަދި އައިސްފައި ނުވެއެވެ.

އެންމެ ފުރަތަމަ ބަސް ދަތުރުތައް ކޮށްފައި ވަނީ ގުރޭޓާ މާލެ ބަސް ޓާމިނަލުން ހުޅުމާލޭގައި އިމާރަތްކުރެވުނު ބަސް އައު ޓާމިނަލަށެވެ. ނަމަވެސް، އޭގެ ދުވަސްތަކެއް ފަހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަސް ހުއްޓޭނެ ގޮތަށް، ބަސް ހުއްތި ގާއިމުކޮށް ވަކި ރޫޓަކުން ބަސް ދުއްވަން ފަށާފައެވެ.

މިކަން ވެގެން ދިޔައީ ގިނަ ބަޔަކަސް ވަރަށް ލުއި ގޮތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: