ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ އަށް ދަތުރުކުރާ ފަރާތްތަކަށް އެނގެންޖެހޭ މައުލޫމާތުތަކެއް!

ސައުދި އެއާޕޯޓު --- ފޮޓޯ: ގޫގުލް-- ރިލޭޓެޑް އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢޫދީ ރައްޔިތުންނާއި، ސަޢޫދީ ޢަރަބިއްޔާގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ޤައުމުތަކުގެ ރައްޔިތުން ފިޔަވާ، އެހެން ހުރިހާ ފަރާތްތަކުންވެސް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރުމަށް ވިސާ ނަގަން ޖެހޭނެއެވެ. އެ ފަރާތެއް ނިސްބަތްވާ ޤައުމަކަށް ރިއާޔަތްކޮށް، އީ-ވިސާ، ވިސާ އޮން އެރައިވަލް ނުވަތަ ކޮންސިއުލޭޓް ވިސާފަދަ އެކި ބާވަތްތަކުގެ ވިސާއަށް އެދެވިދާނެއެވެ.

ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމަށް، ގުރޫޕް (އޭ) ގެ ޤައުމުތަކުގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގެ ޕާސްޕޯޓެއް (މުއްދަތު ހަމަވުމަށް 6 މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތެއް އޮތް) ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ދަތުރުގެ ކުރިން، ސަޢޫދީ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް އީ-ވިސާއަކަށް، ނުވަތަ ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތު އިމިގްރޭޝަނުން ލިބޭގޮތަށް އޮން އެރައިވަލް ވިސާއަކަށް، ނުވަތަ ކޮންސިއުލޭޓް ވިސާއަކަށް އެދެވިދާނެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން ވިސާއަށް އެދޭ ފަރާތްތަށް ބެހިފައިވަނީ ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވާ ގުރޫޕް އޭ ނުވަތަ ގުރޫޕް ބީ ޤައުމުތަކަށެވެ. އެ ފަރާތަކަށް އެދެވޭނެ ވިސާގެ ބާވަތް ކަނޑައެޅެނީ އެ ބެހިގެންދާ ގުރޫޕެއްގެ މައްޗަށެވެ.

ގުރޫޕް އޭ ޤައުމުތައް: މި ފަރާތްތަކަށް އެދެވޭނީ ސަޢޫދީ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް އީ-ވިސާއަކަށް، ނުވަތަ ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތު އިމިގްރޭޝަނުން ލިބޭގޮތަށް އޮން އެރައިވަލް ވިސާއަކަށެވެ. ގުރޫޕް ބީ ޤައުމުތައް: މި ފަރާތްތަކަށް އެދެވޭނީ އެންމެ ކައިރީގައިހުރި ސަޢޫދީ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް މެދުވެރިކޮށް ކޮންސިއުލޭޓް ވިސާއަކަށެވެ. އޮން އެރައިވަލް ވިސާ ހޯދާނީ ކިހިނެއް؟ ގްރޫޕް އޭ ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވާ ވަޤުތުގައި، އިލެކްޓްރޯނިކް ކިއޮސްކް ނުވަތަ އިމިގްރޭޝަން ކައުންޓަރުން އޮން އެރައިވަލް ވިސާ ހޯދިދާނެއެވެ. މިކަމަށް ދައްކަންޖެހޭ ވިސާ ފީ، ކްރެޑިޓް ކާޑް މެދުވެރިކޮށް ދެއްކިދާނެއެވެ. ވީމާ، ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރެވޭ ކްރެޑިޓް ކާޑެއް، ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާއިރު ގެންދިޔުމަށް ސަމާލުކަންދޭށެވެ.

ވިސިޓް ވިސާއެއް ބޭނުން ކުރެވޭނީ ފަތުރުވެރިކަމުގެ ބޭނުމަށާއި ޢުމްރާގެ އަޅުކަން އަދާކުރުމަށެވެ. ވަޒީފާއަދާކުރުމަށް ނުވަތަ ކިޔެވުމަށް ވިސިޓް ވިސާއެއް ބޭނުމެއް ނުކުރެވޭނެއެވެ. ސަޢޫދީ ވިސާއާއިމެދު އެއްވެސް ސުވާލެއްވާނަމަ، ސަޢޫދީ ވިސާއާއިބެހޭ ވެބްސައިޓްގައިވާ އޮންލައިން ޗެޓް މެދުވެރިކޮށް، ނުވަތަ ފޯނުން ގުޅައިގެން، ނުވަތަ ވެބްސައިޓްގައިވާ ކޮންޓެކްޓް ފޯމް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. އީ-ވިސާއަށް އެދޭ ފަރާތްތަކަށް، ވިސާއަށް އެދި ހުށަހަޅާތާ 30 މިނެޓުގެ ތެރޭގައި ވިސާ ލިބޭނެއެވެ. އޮން އެރައިވަލް ވިސާއަށް އެދޭ ފަރާތްތަކަށް، އިލެކްޓްރޯނިކް ކިއޮސްކް ނުވަތަ އިމިގްރޭޝަން ކައުންޓަރުން ވަޤުތުން އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި ކޮންސިއުލޭޓް ވިސާއަށް އެދި ހުށަހަޅާފަރާތްތަކަށް، ވިސާއަށް އެދިހުށަޅާތާ 1-2 ރަސްމީދުވަހުގެ ތެރޭގައި ވިސާ ލިބޭނެއެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް ވިސިޓް ވިސާއަކަށް އެދެވިދާނެއެވެ. ޙައްޖު މޫސުމުގައި ޢުމްރާގެ އަޅުކަން އަދާކުރެވޭކަށް ނޯވެއެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު މެދުވެރިކޮށް އެކަމަށް ޙާއްސަ ވިސާއެއް ނަގަން ޖެހޭނެއެވެ. މައްކާއަށް ޒިޔާރަތްކުރެވޭނީ ހަމައެކަނި މުސްލިމުންނަށެވެ. ޣައިރު މުސްލިމުންނަށް ވިސާއާއިއެކު މަދީނާއަށް (ކީރިތި ރަސޫލާގެ ޙަރަމްފުޅު ފިޔަވާ) ވަނުމުގެ ހުއްދައޮވެއެވެ. ފަތުރުވެރިކަމަށް ދޫކުރާ ވިސިޓް ވިސާގައި، މުސްލިމް އަންހެނަކަށް މަޙްރަމަކާއި ނުލާ ޢުމްރާގެ އަޅުކަން އަދާކުރެވިދާނެއެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމަށް ވިސާއަށް އެދެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އުމުރުން 18 އަހަރު ނުފުރޭ ފަރާތްތަކުން ވިސާއަށް އެދި ހުށަހަޅާއިރު، ބެލެނިވެރިއެއްގެ ގޮތުގައި، އުމުރުން 18 އަހަރުފުރިފައިވާ ފަރާތެއް ހުށަހަޅަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: