އިންސާނީ ހައްގުތައް ދަމަހައްޓައި ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެ ކޮމިޝަނާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން އެޗްއާރްސީއެމުން ތަހުގީގުކުރަމުންދާ އެއްވެސް މައްސަލައެއްގައި ހިމެނޭ ފަރާތްތަކުގެ އެންޓިޑިފެކްޝަންއާ ގުޅޭ ގޮތުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑޭޓާބޭސް ބޭނުންކުރުމުގެ ހުއްދަ ކޮމިޝަނަށް ދިނުމާއި މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
މި ފަހުމުނާމާގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސްއެވެ. އަދި ޑީ.އެން.އާރގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރީދާ ޔޫސުފްއެވެ.
މި ފަހުމުނާމަގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ.

