ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އިންތިޚާބުގައި ޕީއެސްއެމްއިން ވަކި ކޮޅެއް ނަގައިގެން ވަކި ބައެއްގެ ޕްރޮމޯޝަން ޖެއްސި: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޕަބްލިކް ސާރވިސް މީޑީއާ (ޕީއެސްއެމް) އިން ވަކި ކޮޅެއް ނަގައިގެން ވަކި ބައެއްގެ ޕްރޮމޯޝަން ޖެއްސެވިކަމީ މިއަދު އެންމެނަށްވެސް އިނގޭ ހަޤީގަތެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ، ޕީއެސްއެމްގައި އިދިކޮޅުގެ ޚަބަރުތައް ގެނައުމުގެ ފުރުސަތު ނުދޭކަމަށް ވިދާޅުވެ މަޖިލީހަށް ހުށައެޅުއްވި ބިލުގެ ބަހުސްގެ ތެރެއިންނެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީއިން ކުރިއަށް ގެންދިޔަ ”ނޫނެކޭ ކެމްޕެއިން“ ގެ ތެރެއިން ޕަބްލިކް ސާރވިސް މީޑީއާއިން އެޕާޓީގެ ކެމްޕެއިންނަށް އެއްވެސް ފުރުސަތެއް ދީފައިނުވާ ކަމަށެވެ. އަދި ބަންޑާރަ މީޑީއާއަކީ ދައުލަތުން ޚަރަދުކޮށްގެން ހިންގާ ތަނަކަށް ވާއިރު، އޭގެ ބޭނުމަކީ ޤާނޫނީ ބާރުވެރިކަމާއިއެކު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަ ފުރުސަތުތަކެއް ޤާއިމްކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔައީ ޕީއެސްއެމްއަކީ ވެރިކަން ކުރާ ޕީއެންސީގެ މީޑިއާ ވިންގެއްގެ ގޮތުގައި ބޭނުންކުރެވިގެންދިޔަ މަންޒަރެވެ. މި ސަރުކާރު އައިފަހުން ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރުންގެ މަގާމަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ ބޮޑުންނަށް ގެންނަ ބަދަލަކުން މުއައްސަސާގެ ހިންގުމަށް އެދެވޭ ބަދަލެއް ނާންނަ ކަމަށެވެ.

”މިސަރުކާރުގައި ޕީއެސްއެމްގެ އެމްޑީއިންގެ ގޮތުގައި ތިއްބެވި ބޭފުޅުން 3 ފަހަރު ބަދަލު ކުރި، ބޮޑުންނަށް ގެންނަ ބަދަލަކުން ކަމަކަށް ބަދަލެއް ނާންނާނެ. ޕީއެސްއެމް އޮތީ އަދިވެސް ހަމަ ޕީއެސްއެމްގެ ގޮތުގަ. ވަކިއަތަކަށް ބުރަވެ މުޅި އިންތިޚާބު އެކީ ނިންމާލީ އާނއެކޭ ކެމްޕެއިންގަ“ މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި އިންތިޚާބު ނިންމާލީ ވަކިއަތަކަށް ބުރަވެ ސަރުކާރުގެ ”އާއެކޭ“ ކެމްޕެއިންގެ ތެރޭގައި ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް، އިންތިޚާބު ނިމުނުއިރު ރައްޔިތުން ބުނީ ”ނޫނެކޭ“ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީކާއިލް ވަނީ މިހާރުން މިހާރަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަ ފުރުސަތުދީ، ބަންޑާރަ މީޑީއާއަކީ ހަޤީގަތުގައިވެސް ދައުލަތުގެ މީޑިއާގެ ގޮތުގައި ކަނޑައަޅާދިނުމަށް ގޮވާލައްވާފައެވެ. އަދި ޕީއެސްއެމްއިން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: