ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި މުއައްސަސާގެ މިނިވަންކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް: ނައިބް ރައީސް

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި މުއައްސަސާގެ މިނިވަންކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލް ޖެންގައި މިއަދު ފެށި ”ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕް: ސްޓްރޯންގ އެންޑް ޖުރިސްޑިކްޝަންސް“ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެ މުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ސާފު މަގްސަދަކާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާރކްޝޮޕަކީ ސީ.ޕީ.އޭގެ ސްމޯލް ބްރާންޗަސްގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކުން އަދާކުރާ ދައުރަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

ރާއްޖެއިން ކޮމަންވެލްތާއެކު ބާއްވާ ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ހާމަކުރައްވަމުން، ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާއިރު، ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: