ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ނިކުމެ މުޒާހަރާ ކުރަންޖެހޭ އެއްވެސް ސަބަބެއް ރާއްޖޭގައި މިވަގުތު ނެތް: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ސިޔާސީ ޕާޓީތަކުން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަކީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނާ އެއްގޮތަށް ކުރިއަށްދާ ހަރަކާތްތަކެއްތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު  އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވަނީ މިހާރު މާލޭގެ މަގުތަކުގައި ކުރިއަށްދާ މުޒާހަރާތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ފަލާހު ވިދާޅުވީ މިވަގުތު ރާއްޖޭގެ މަގުތަކުގައި މުޒާހަރާ ކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ޖަލަށްލައި، ރައްޔިތަކަށް އަނިޔާވެރިވެ ނުވަތަ ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކުރަމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ގައުމުގެ ބޮޑު ދަރަނި ދައްކައި، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށްވާއިރު، ޕާޓީތަކުގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ހުރިތޯ ބެލުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. ވަކިން ހާއްސަކޮށް، މުޒާހަރާތަކުގެ ސަބަބުން ކިޔަވާ ކުދިންނަށާއި އާންމު ރައްޔިތުންނަށް އުނދަގޫވާނަމަ، އެކަން ހުއްޓުވުމަށް އީސީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޒިންމާ އީސީގެ ވެރިންނަށް ނުއުފުލޭނަމަ، އެކަމާ މެދު އެ ބޭފުޅުން ސީރިއަސްކޮށް ވިސްނަވަން ޖެހޭނެ ކަމަށްވެސް ފަލާހުވަނީ ވިދާޅުވެފައެވެ.

މިހާރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންދަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިންނެވެ. ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: