ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގައި ކުރާ މަސައްކަތްތަކަށް ތައުރީފްކޮށް، ޗެއާޕާސަންކަމަށް އެމްޑީޕީ ޕީޖީގެ ތާއީދު މީކާއިލްއަށް!

އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕްއިން ބޭއްވި ޕްރެސް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރުމަށް، ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން (ޕީޖީ) ރަސްމީކޮށް ތާއީދުކޮށް އިއުލާނުކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ މެމްބަރުން ހިމެނޭ ގޮތަށް އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލަށް ތާއީދު އޮތްކަން ހާމަކުރެއްވީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި ޕާޓީގެ މަޖިލިސް މެންބަރުންނެވެ.

މި ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައި ވެސް މީކާއީލާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވ ކަމަށާއި، އޭނާއަކީ ޕާޓީގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބައިވެރިއެއް ކަމަށެވެ. އަދި އިދިކޮޅުގައި ތިބެގެން ވެސް މީކާއީލް ދާއިރާ ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތުމުންކަން ނާޒިލް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މީކާއީލް ވަނީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އޭނާ ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ، އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ޕާޓީގެ ގައުމީ މަޖިލީހުން ދާއިމީ ގޮނޑިއެއް ކަނޑައެޅުމަށް ކޮންގްރެސްއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވިއެވެ. މީގެ ބޭނުމަކީ ޕާޓީގެ ތަޖުރިބާކާރު ސިޔާސީ ޝަހުސިއްޔަތުތައް ބާކީނުކޮށް، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދާއެކު ޕާޓީ ކުރިއަށް ގެންދިއުންކަމަށް މީކާއީލް ވިދާޅުވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، މީކާއީލަކީ އާންމު މެންބަރުންގެ އަޑު ގާތުން އަހާ ބޭފުޅެއް ކަމަށެވެ. އަދި ނިމިދިޔަ ކެމްޕޭންގެ ތެރޭގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަށް މީކާއީލް ދަތުރުކުރައްވައި، މެންބަރުންގެ ހާލަތު އޮޅުންފިލުއްވާފައިވާ ކަމަށާއި، މިއީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މުހިންމު އެއް ސިފަކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ޕާޓީއަށް ކުރިމަތިވި ކޮންމެ ގޮންޖެހުމެއްގައި ވެސް މީކާއީލް ސާބިތުކަމަށާއި ހިތްވަރު ދައްކައި ޕާޓީގައި ދެމި ހުންނެވި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: