ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަދަދު“ ނޫހަށް ފުލުހުން ވަނުމަކީ މިނިވަން ނޫސްވެރިކަމަށް އެޅުނު ހުރަހެއް: ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ’އަދަދު‘ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޞާލިޙް ވަނީ ސަރުކާރަށާއި ފުލުހުންގެ މުއައްސަސާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރުތަކުން ފުލުހުންގެ މުއައްސަސާ ހިނގަމުންދަނީ އެ މަގުން ކަމަށް ގަބޫލުކުރަން ދަތި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެއް،“ ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މީޑިއާގެ މިނިވަންކަމަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

’އަދަދު‘ ނޫހުގެ އޮފީހަށް ފުލުހުން ވަދެފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރަސްމީ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ނޫސްވެރިންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ. ގިނަ ބަޔަކު މިކަން ސިފަކުރަނީ މީޑިއާގެ އަނގަ ބަންދުކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: