ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު ނުހިނގާނަމަ މަޖިލިސް އޮތުމުގެ ބޭނުމެއް ނެތް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގައި ޤާނޫނުގެ ބާރު ނުހިނގާނަމަ، ރައްޔިތުންގެ މަޖިލިސް ފަދަ މުއައްސަސާތައް ދެމިއޮތުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު މިފަދައިން ވިދާޅުވީ، އަތޮޅު ކައުންސިލުތައް އުވާލުން ބާޠިލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިޞްލާޙުގެ ބަހުސްގައެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ފެހި ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޛުކޮށްދެނީ މިހާރުގެ ސަރުކާރުންނެވެ. ނަމަވެސް، މިނިވަންކަމާއި ޙައްޤުތަކުގެ ބޭނުން ހިފަންވާނީ ކަނޑައެޅިފައިވާ ވަކި އިންތަކެއްގެ ތެރެއިންކަން ފާހަގަކުރައްވައި، ހިތުހުރިހާ ވާހަކައެއް ދެއްކުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ވެރިންގެ އަބުރު ކަތިލާއިރު މިނިވަން ކޮމިޝަންތައް އޮތީ ނިދާފައި. ހިތުހުރި ވާހަކައެއް ދައްކައި، ވަގަށް ގޮވައި، އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ މިނިވަން މުއައްސަސާތަކުން އެ މީހުންގެ މަސްއޫލިއްޔަތު އަދާނުކުރާތީ ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަކިން ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް އަރައިގަނެ، ހަޤީޤަތާ ޚިލާފު ވާހަކަ ފަތުރާ މީޑިއާތަކުގެ މައްސަލަ ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ރަސްމީ ސިފައެއްގައި ހުށަނޭޅިޔަސް، އަމިއްލައަށް އިސްނަގައިގެން ބެލުމަކީ މުއައްސަސާތަކަށް ޤާނޫނުން ލާޒިމުކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިނިވަން މުއައްސަސާތަކުން މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށެވެ.


ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: