ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަޒްވަރު!

ޑރ. އަލީ އަޒްވަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކުރުން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ސ. ފޭދޫ ނެސްޕްރޯވިލާ، ޑރ. އަޒްވަރު މި މަގާމަށް އައްޔަންކުރީ މިއަދުގެ ވަގުތެއްގައެވެ. އެމްޑީކަމަށް އައްޔަނު ކުރުމާއި ހަމައަށް އޭނާ ހުންނެވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ސްޓެލްކޯގެ އެމްޑީކަމަށް އަޒްވަރު އައްޔަނު ކުރީ، އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މިއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ.

އަޒްވަރަކީ ސްޓެލްކޯގައި 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން އަޒްވަރު ވަނީ ނިއުޒިލެންޑުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް އާއި އިނގިރޭސިވިލާތުގެ ޝެފީލްޑް ޔުނިވާސިޓީން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި ހުސެއިން ފަހުމީ މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ސްޓެލްކޯ އިން ވަކިކުރެއްވުމަށްފަހު ފުރަތަމަ ބަދަލުކުރެއްވީ ރައީސް އޮފީހުގެ އިސް މަގާމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: