ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ކާފައާއި މުނިކާފައަށް ދައުވާ ކޮށްފި

ދެ އަހަރުގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ކުއްޖާގެ ކާފައާއި މުނިކާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ 62، އާއި އަންނާރުމާގެ، ހަސަން މޫސާދީދީ 82ގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެ ދެ މީހުންނަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުގެ 19 ގައެވެ. ފުލުހުންނާއި ޖެންޑާރ މިނިސްޓްރީއިން އެ މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމުގެ ކުރިން، އެކަން އޮތީ ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައެވެ. މައްސަލައާއި ގުޅިގެން ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ވެސް ތުހުމަތުތަކެއްކޮށް އާއްމުންވަނީ އޭނާ ހުޅުމާލޭގައި ހުއްޓާ އެގެެއަށް ވަންނަން މަސައްކަތްކޮށްފައެވެ. އެ ދުވަހު މާލޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް ހާއްސަ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔައެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެއެވެ. އޭނާ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތަށެވެ.

ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި، ޝަރީއަތް ކުރިޔަށް ގެންދެވުނު މީހެކެވެ. އެ މައްސަލައިގައި ނޫސްވެރިންގެ ޕްރެޝަރަށް ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްފައި ހުރީ ”އުމުރަށް ރިއާޔަތް“ ކުރުމަށްފަހުގައި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޖުޑީޝަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ވަނީ އަންގާފައެވެ. އަދި ކްރިމިނަލް ކޯޓާއި، ހައިކޯޓުން ވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ވީހާވެސް އަވަސް މުއްދަތެއްގައި ނިންމުމަށް އަޒުމް ހިފާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއިން ވަނީ ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ ޕަރފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހައްދަވާ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރކޮމިޓީއާ ޙިއްސާކޮށް 2009 ވަނަ އަހަރު ޤާއިމްކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެއްޓުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: