ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލެއް ތެޔޮ ބައުޒަރަކަށް މުޑިއަރައި އަންހެނަކަށް އަނިޔާވެއްޖެ

ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވި. --- ފޮޓޯ: ޕޮލިސް  
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ އަށް ފޭބުމަށް ބޭނުން ކުރާ މަގުގައި ސައިކަލަކާއި ފިއުލް ބައުޒަރެއް ޖެހި، އަންހެނަކަށް މިއަދު އަނިޔާވެއްޖެއެވެ.

ހައިވޭގައި ހިނގި މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އަނިޔަ ލިބުނީ ސައިކަލު ދުއްވި އަންހެން މީހާ އަށް ކަމަށާއި އެކްސިޑެންޓުގައި ފިއުލް ބައުޒަރު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅުން ހުރި އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

މި ފަހަކަށް އައިސް ބުރިޖާއި ހައިވޭގައި މިފަދަ ހަދިސާތައް ހިނގާލެއް ގިނަކަން ފާހަގަކުރެވެއެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށް ފުލުހުންދަނީ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

ނަމަވެސް، އެ ފިޔަވަޅުތަކުގެ އެންމެ އެދެވޭ ނަތިޖާއެއް އަދި ނުފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: